ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު | ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީއިން ހަރަދުކުރީ "މައިގަނޑު ގޮތެއްގައި" ރަނގަޅަށް: އޮޑިޓް

ކޮވިޑް-19 އާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ކުރި ހަރަދުތަކަކީ މައިގަނޑު ގޮތެއްގައި އުސޫލުތަކާއި އެއްގޮތަށް ރަނގަޅަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިންކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް އާންމުކޮށްފައިވަނީ މިއަދުއެވެ.

އޮޑިޓް ރިޕޯޓުގައި ވާގޮތުން ފޮރިން މިނިސްޓްރީން ހަރަދުކުރުމަށް ކަނޑައަޅާފައިވާ ބަޖެޓަކީ، 10،150،923 ރުފިޔާއެވެ. އެގޮތުން މިހާތަނަށް އޭގެ ތެރެއިން 7,266,467 ރުފިޔާ ހަރަދުކޮށްފައިވާއިރު، ބާކީ ހުރީ 2،884،456 ރުފިޔާއެވެ.

ފޮރިން މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލު:

  • ކޮވިޑް -19 އާ ގުޅިގެން ރާއްޖެއިން ބޭރުގައި ހާލުގައި ޖެހިފައި ތިބި ދިވެހީންނަށް ދެވުނު ފައިސާގެ އެހީ- 2،658،646
  • ރާއްޖެއިން ބޭރުގައި މެޑިކަލް ދާއިރާއިން ތަޢުލީމް ހާސިލްކުރަމުން ދިޔަ ދިވެހީންނާއި އިތުރު ބައެއް ދިވެހި ރައްޔިތުން އަނބުރާ
    ރާއްޖެ ގެނައުމަށް ހިނގި ޓިކެޓް ޚަރަދު- 4،106،158
  • ކޮވިޑް -19 އާ ގުޅިގެން ކުރެވުނު އެހެނިހެން ޚަރަދު- 501،664

"ކޮވިޑް-19 އާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން 1 ޖަނަވަރީ 2020 އިން 30 ޖޫން 2020 ގެ ނިޔަލަށް ކު ރި ޚަރަދު
ކަމަށް "ކޮވިޑް -19 އާ ގުޅިގެން ޚަރަދު ކުރުމަށް ކަ ނޑައެޅުނު ބަޖެޓާއި އެ ފައިސާ ހޭދަކުރެވުނު ގޮތުގެ ބަޔާން" ގައި ހިމަނާފައިވާ
ޚަރަދުތަކަކީ މައި ގަ ނޑުގޮތެއްގައި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި، މިނިސްޓްރީ އޮފް ފިނޭންސުން
ކަ ނޑައަޅުއްވާފައިވާ އުޞޫލުތަކާއި އަދި ޚަރަދު ކުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެކުލަވާލާފައިވާ އުޞޫލުތަކާއި އެއްގޮތަށް
ކޮށްފައިވާ ޚަ ރަދުތަކެއް ކަމަށް މި އޮފީހުން ދެކެމެވެ" އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެކުރިން ތިން މިނިސްޓްރީއެއްގެ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ހާމަކޮށްފައިވާއިރު، އޭގެތެރެއިން ދެ މިނިސްޓްރީއެއްގެ ގިނަ ޚަރަދުތަކެއް ކަރަޕްޝަންއަށް މަގުފަހިވާގޮތަށް ހިންގާފައިވާކަންވަނީ ހާމަކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ