ދިރާގު ހެޑް އޮފީހުން ހައްޔަރު ކުރީ މާސްކާ ނާޅާ އަޑުގަދަ ކުރި މީހެއް: ފުލުހުން

ދިރާގު ހެޑް އޮފީސް ކައިރިން މިއަދު ހައްޔަރު ކުރީ މާސްކް ނާޅާ، އަޑުގަދަކޮށް ހަމަނުޖެހުން ހިންގަން އުޅުނު މީހެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، މިއަދު މެންދުރު 12:20 ހާއިރު ދިރާގު ހެޑް އޮފީސް ކައިރިން މާސްކް ނާޅާ ގަދަކަމުން ވަންނަން މަސައްކަތްކޮށް އެތަނުގައި އަޑުގަދަކޮށް ހަމަނުޖެހުން ހިނގުމަށް މަސައްކަތް ކުރި އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ދިރާގުން ޑާޓާ ވައްކަންކޮށްގެން އެކަމުގެ ޝަކުވާ ދިރާޤަށް ކުރަން ދިޔަ މީހަކު ހައްޔަރުކުރިކަމަށް ބުނެ މިވަގުތު މީސްމީޑިއާގައި މި މައްސަލައާއި ގުޅުވައިގެން ވާހަކަތައް ދެކެވިފައިވެއެވެ.

ނަމަވެސް މިއަދު ނެރުނު ބަޔާނެއްގައި ދިރާގުންވް ބުނެފައިވަނީ، ދިރާގު ހެޑް އޮފީސް ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކީ، މާސްކް ނާޅާ ހުރުމުގެ ސަބަބުން ގެންދިޔަ މީހެއް ކަމަށެވެ. އަދި  ދިރާގުގެ ފަރާތުން ފުލުހުންނަށް މިފަދަ މައްސަލައެއް ރިޕޯޓު ނުކުރާކަމަށް ކަށަވަރުކޮށްދޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ