އައި.ސެވަން އިން ނެއްލައިދޫ "އެދުރުވެހި" އިމާރާތް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި މަރާމާތުކޮށްފި

އައި.ސެވަން ކޮންސްޓްރަކްޝަން ކޮމްޕެނީ ޕވޓ ލޓޑ ގެ ސީ.އެސް.އާރު ޕްރޮގްރާމްގެ ދަށުން ނެއްލައިދޫ “އެދުރުވެހި” އިމާރާތް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި މަރާމާތުކޮށް ނިންމައި، ނެއްލައިދޫ ކައުންސިލް އާއި ހަވަލުކޮށްފިއެވެ.

ކޮޥިޑް-19 އަށް މޮނިޓަރ ކުރުމަށް ކަރަންޓީންކުރުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަޤުސަދުގައި ކުރެވުނު މި މަސައްކަތް ނިންމާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ މިއަދު އެދުރުވެހި އިމާރާތުގައެވެ. އައި.ސެވަން ކޮންސްޓްރަކްޝަން ކޮމްޕެނީ ޕވޓ ލޓޑގެ ފަރާތުން ކައުންސިލާއި އިމާރާތް ހަވާލުކޮށްދެއްވީ ކުންފުނީގެ ޑިރެކްޓަރ އަހުމަދު ސަމްޢޫންއެވެ.

މި ޕްރޮގްރާމްގެ ދަށުން ކުރެވުނު  މަރާމާތުގެތެރޭގައި އިމާރާތުގެ ސީވޭޖު އަދި ފެންހިންދާ ނިޒާމު އަލުން ޤާއިމުކުރުމާއި، އިމާރާތުގެ ފުރާޅުމަރާމާތުކުރުމާއި، ސީލިންގ މަރާމާތުކުރުމާއި، މުޅިއިމާރާތުގައި ކުލައާއި ވޯލްސީލްލުމާއި، އިމާރާތުގެ ދޮރުތައް މަރާމާތުކުރުމާއި، ތިން ކޮޓަރީގެ ފާޚާނާ ސެޓް ބަދަލުކުރުމާއި، އިމާރާތުގެ ފެން ވައިރިންގ ރަގަނޅުކޮށް ފެން މޯޓަރއެއް ހަރުކުރުމުގެ އިތުރުން ކަރަންޓް ވައިރިންގ އަޅާ ޑީބޯޑް ހަރުކުރުމުގެ މަސައްކަތްވަނީ ކުރެވިފައެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ބައެއް މެޝިނަރީސްތަކާއި ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންކުރާނެ ބައެއް އާލާތްތައް ކައުންސިލާއި ވަނީ ހަވާލުކޮށްފައެވެ. އޭގެތެރޭގައި ފޮގް މެޝިނަކާއި، ޑިސްއިންފެކްޓް ކުރާ މެޝިނާއި އެއަށް ބޭނުންވާ ކެމިކަލް، ޔޫވީޑިޝްއިންފެކްޝަން މެޝިނަކާއި އެއަށް ބޭނުންވާ ކެމިކަލް، ސެނެޓައިޒަރ، މާސްކް، 05 ފުލްބޮޑީ ޕީ.ޕީ.އީ އަދި ފޯހެޑް ތަމޯމީޓަރ އެއް ހިމެނެއެވެ.

އައި.ސެވަން ކޮންސްޓްރަކްޝަން ކޮމްޕެނީ ޕވޓ ލޓޑ ގެ ސީ.އެސް.އާރު ޕްރޮގްރާމްގެ ދަށުން ނެއްލައިދޫ “އެދުރުވެހި” އިމާރާތް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި މަރާމާތުކޮށް ނިންމައި، ނެއްލައިދޫ ކައުންސިލް އާއި ހަވާލުކުރުމާއި ގުޅިގެން މި ކައުންސިލާއި އެމަޖެންސީ އޮފަރޭޝަން ސެންޓަރ ގުޅިގެން ނެއްލައިދޫގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރެވެމުންދާ މަސައްކަތައް އިތުރު ކުރިއެރުމެއް ލިބިގެންދާނޭކަމަށް ކައުންސިލުން ޤަބޫލުކުރަމެވެ. އަދި އައި.ސެވަސް ކޮންސްޓަކްޝަން ކޮމްޕެނީ ޕވޓ ލޓޑ އަށް ނެއްލައިދޫ ކައުންސިލްއާއި ރަށުގެ ރައްޔިތުންގެ ނަމުގައި އިޙްލާސްތެރި ޝުކުރު ދަންނަވަމެވެ.

ޚަބަރާއި ފޮޓޯ: ނެއްލައިދޫ ކައުންސިލްގެ އިދާރާ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ