ކ. މާފުށިން މާބަނޑު އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި މި މާބަނޑު އަންހެން މީހާ އަކީ މާލެ އިން އެރަށަށް ގޮސް ކަރަންޓީން ވެގެން ހުރި މީހެކެވެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވީ ކަރަންޓީން މުއްދަތު ހަމަވުމުން ހެދި ޓެސްޓުންނެވެ.
އެޗްއީއޯސީން ނެރުނު އެންމެފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ކ. މާފުށިން ވަނީ އުމުރުން 26 އަހަރުގެ އަންހެނަކު ޕޮޒިޓިވްވެފައެވެ.
ރާއްޖެއިން މިހާތަނަށް 6912 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މިބަލީގައި 28 ފަރާތެއް ވަނީ ނިޔާވެފައެވެ. އަދި 4297 ފަރާތެއް މިބަލިން ރަނގަޅުވެފައިވާއިރު، 2588 މީހަކަށް ދަނީ މިހާރުވެސް ފަރުވާ ދެމުންނެވެ.




