ސުވާލަކުން ރައީސް މައުމޫން ނަޝީދަށް ރައްދު ދެއްވައިފި

ސުވާލަކުން ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައްދު ދެއްވައިފިއެވެ.

ރައީސް ނަޝީދަށް ރައްދު ދެއްވާފައި މިވަނީ މައުމޫންގެ ހަޔާތުގަ ހުރިހާ ވޯޓެއް ވަނީ އޮޅުވާލާފައި ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

ރައީސް ނަޝީދު ކުރެއްވި ވިދާޅުވީ ރައީސް މައުމޫންގެ ހަޔާތްޕުޅުގައި ކޮންމެ ވޯޓެއް ވަނީ މައުމޫން އޮޅުވާލައްވާ މަކަރު ހައްދަވާފައި ކަމަށެވެ. 2007 ވަނަ އަހަރުގެ ނިޒާމްގެ ވޯޓު ވެސް ކަނޑައެޅިގެން އޮޅޫވާލެއްވި ކަމަށާއި މައުމޫން އޮޅުވާނުލައްވާ ވޯޓަކީ 2008 ވަނަ އަހަރުގެ ވޯޓުކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެ ވޯޓުން ވީ ބަލި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

މިކަމަށް ރައދު ދެއްވަމުން މައުމޫން ވިދާޅުވީ އަޅުގަނޑު ދެރަވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމުގައި ބައްލަވާތީ ކަމަށާއި 30 އަހަރު ގެ ތެރޭގައި އައި ހުރިހާ އިންތިޚާބެއް އޮޅުވާލި އިރު 2008 ގެ އިންތިޚާބު އޮޅުވާނުލެވުނީ ކީއްވެތޯ އެވެ. އަދި ބުއްދި ޤަބޫލުކުރާ ޖަވާބެއް ދެއްވުމަށް މައުމޫން އެދިވަޑައިގަތެވެ.

ވެރިކަމުގެ ނިޒާމާއި ގުޅޭ ބަހުސްގެ އަޑު ގަދަވެ ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ހުށަހަޅުއްވައިފައެވެ.

އަބްދުﷲ ޖާބިރު މަޖިލީހަށް ހުށަހެޅެއްވި ބިލުގައި ބުނެފައިވަނީ ރާއްޖޭގައި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނިންމާފައިވީ ނަމަވެސް، ގާނޫނު އަސާސީގައި ވަކި ނިޒާމެއްގެ ވާހަކަ ސީދާ ބަޔާންކޮށްފައިނުވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ