ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ ހުށައެޅުއްވުމަށް މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ތާއީދު ކުރައްވާ ކަމަށް ޑީއާރްޕީން ބުނެފިއެވެ.
ރައީސް ނަޝީދާއި އެކު ޖާބިރު ހުންނެވި ފޮޓޯއަކާއިއެކު ޑީއާރްޕީން ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ކާށިދޫ ދާއިރާގެ މެންބަރު ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރުމަށް ޤާނޫނު އަސާސީ އަށް އިސްލާޙު ހުށައެޅުމާއި ގުޅިގެން އެކަމުގެ މަސްވަރާތައް ވަގުތުން ވަގުތަށް ކުރިއަށް ދަނީ ކަމަށެވެ.
"މަޖިލިސް ރައީސް މުޙައްމަދު ނަޝީދުގެ ފުރިހަމަ ތާޢީދު އެބައޮތް" ޑީއާރްޕީން ކުރެއްވި ޓްވީޓުގައި ބުނެފައި ވެއެވެ.
Kaashidhoo dhaaira Memberaru Dhivehi Rajjeyge verikan hingumuge nizaam badhalukurumah Qaanoonu Asaasee ah islaahu hushahelhumaai gulhigen ekamuge masvaraathah vaguthun vaguthah kuriah dhanee. Majlis Raees @MohamedNasheed ge furihama thaaeedhu ebaoi @VaguthuOnline @sunbrk pic.twitter.com/ssPep2YYm3
— DRP (@drpmaldives) August 25, 2020
ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އިއްޔެ ވަނީ ހުށަހަޅުއްވާފަ އެވެ.
2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބުތަކަށްފަހު ވެރިކަން ހިންގަމުން އައިސްފައިވަނީ ބަރުމަލާނީ ނިޒާމެއްގެ ސިފަތަކުގެ މައްޗަށް ކަމަށް ޖާބިރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރައްވާނަމަ ދާނީ ރައްޔިތުން ގާތަށް ކަމަށާއި، އެކަމާއި ގޮތެއް ނިންމާނީ ރައްޔިތުން ކަމަށް ރައީސް ޞޯލިޙް ވަނީ ވިދާޅުވެފައެވެ.