ވިލިނގިލީގައި މަރުޙަބާ ދެއްނެވުމަށް ހަދާފައިވާ ގިޑިގެއެއް - ފޮޓޯ: ފްލިކާ

ގއ. ވިލިގިނލިންވެސް ކޮވިޑް ފެނިއްޖެ

ގއ. ވިލިގިނލިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގއ.ވިލިގިނލިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ  ދިވެހި ފިރިހެނެކެވެ.

މި މީހާއަކީ ގއ.ވިލިގިނލީގައި ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ.

އެރަށު ކައުންސިލް މެންބަރު ހަބީބް ހުސައިން އާއި ހަވާލާދީ "ވަގުތު" ނޫހުގައި ބުނެފައިވަނީ، އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ މާލެ އިން އެރަށަށް ގޮސް ހޯމް ކަރަންޓީންގައި ހުރި އުމުރުން 50-60 އަހަރާއި ދެމެދުގެ މީހެއް ކަމަށެވެ.

އަދި އެ މީހާ ޕޮޒިޓިވްވެފައިވާކަން އެނގުނީ މިއަދު ހަވީރު ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންމެފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް 6912 މީހުން ޕޮޒިޓިވް ވެފައިވާއިރު 4297 މީހުން ވަނީ އޭގެތެރެއިން މިހާރު ރަނގަޅު ވެފައެވެ. އެގޮތުން މިވަގުތު ކޮވިޑަށް ފަރުވާ ލިބެމުންދާ 2588 މީހުން ތިބިއިރު އޭގެތެރެއިިން 171 މީހުންނަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

އަދި 28 މީހަކުވަނީ މިބަލީގައި ރާއްޖެއިން ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ