މުޅި މާލޭގައި ކޮވިޑް-19 ފެތުރިފައި، އެންމެ ގިނައީ މާފަންނުގައި!

މާލޭގައި މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދަކަށް ބަލި ފެތުރިފައިވާ ކަމަށާއި އެންމެ ގިނައީ މާފަންނުގައި ކަމަށް ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް ޓީމްގެ (ޓެގް)ގެ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، އޮގަސްޓް މަަސް ނިމުމަކާއި ގާތް ވެފައިވާ އިރު، މާލޭގެ ގާތްގަނޑަކަށް ހުރިހާ ސަރަހައްދެއްގައި ހެން ކޮވިޑް-19 ފެތުރިފައިވާ ކަމަށާއި ބަލި ގިނަ އިން ފެތުރިފައި ހުރީ މާފަންނުގައި ކަމަށެވެ.

މިދިޔަ ޖުލައި މަހާ އަޅާ ބަލާ އިރު، މާލޭގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އަދި އޮގަސްޓް މަސް ނިމުނު އިރު، ހުޅުމާލޭގައި ފުދޭ ވަރަކަށް ކޮވިޑް-19 ފެތުރިފައިވާ ކަމަށްވެސް ޑރ. އަހުމަދު ޝަހީދު ވިދާޅުވިއެވެ. ނަމަވެސް މާލެ އާއި ހުޅުމާލެ އާއި ބަލާ އިރު ވިލިމާލޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް މަދު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން މިރޭ ބުނެފައިވަނީ ކޮވިޑް-19 އަށް މިއަދު އެކަނިވެސް 135 މީހުން ޕޮޒިޓިވުވެފައިވާ ކަމަށާއި މިއާއެކު މިބައްޔަށް މުޅި ރާއްޖެއިން ޕޮޒިޓިވުވީ މީހުންގެ ޖުމްލަ އަދަދު 7،047 އަރައިފައިވާ ކަމަށެވެ.

މިއަދު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، 109 ދިވެހިންނާ، 15 ބަންގުލަދޭޝް މީހުންނާ، އިންޑިއާ އަށް މީހުންނާ، މިސުރުގެ ދެމީހުންނާ، އަދި ނޭޕާލުގެ އެކަކެވެ. އަލަށް ޕޮޒިޓިވުވި 135 މީހުންގެ ތެރެއިން 126 މީހުން ޕޮޒިޓިވުވެފައިވަނީ މާލެއިންނެވެ. އަދި އަތޮޅުތެރެއިން ޕޮޒިޓިވުވި މީހުންގެ އަދަދަކީ ނުވައެކެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވުވި މީހުންގެ އަދަދު 7،000 މައްޗަށް ގޮސްފައިވާއިރު މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 4،439 އެވެ. އަދި މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ 2،580 އެވެ. މީގެތެރެއިން 173 މީހުންނަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ