މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރީ ކަލްޗަރ ޒަހާ ވަހީދު، ވަޒީރުކަމުގެ މަސްއޫލިއްޔަތު އަދަ ނުކުރައްވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ޖަލްސާގައި ރިޔާސަތުން އަންގާ އެންގެވުމެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ، ގަވާއިދު ކޮމިޓީގެ ދަށުން ބަލަމުން ގެންދިޔަ މިނިސްޓްރީ އޮފް ފިޝަރީސްގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިތުތައް ނުހެދި ވާތީވެ މަޖިލީހުން ވަނީ ވަޒީރު އަރިހުގައި ތަކުރާރުކޮށް ދެންނެވިފައި ކަމަށެވެ.
މަސްއޫލިއްޔަތު އަދާ ނުކުރާނަމަ ދެން ކަންތައް ކުރަން ޖެހޭގޮތް މެންބަރުންނަށް އިނގިލައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ވަޒީރު ވިދާޅުވެފައިވަނީ އެ ގަވާއިދުތައް ހެދި އެ ގަވާއިދުތަކަށް ކޮމެންޓް ކުރުމަށް އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވާފައި ވާކަމަށް. ގަވާއިދު ކޮމިޓީ އިން އަނެއްކާވެސް ފާހަގަ ކުރައްވާ ގަވާއިތުތައް ނުހެދި ވާކަމަށް"
މި އީ އަޅުގަނޑުމެން ސާފު ކުރަން ބޭނުންވާނެ މައްސަލައެއް ކަމަށާއި އެ ގަވާއިތުތައް ވަނީ ގާނޫނުގެ ދަށުން ހެދި ގެޒެޓް ކުރެވިފައި ވޭތޯ ބަލަން ޖެހޭ ކަމަށް ނޝީދު ވިދާޅުވިއެވެ. މިނިސްޓަރު ޒަހާ މައުލޫމާތު ދީފައި ވަނީ ދާދި އަވަހަށް މިކަމުގެ މަސައްކަތް ނިމޭނެ ކަމަށާއި ބަނޑާރަ ނައިބު އަރިހަށް ގާނޫނީ ލަފާ ހޯދުމަށް ފޮނުއްވާފައިވާ ކަމަށް ނަަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އިތުރަށް މިކަން ތަފްސީލު ކުރުމަށް ފަހު އަދި މައުލޫމާތު ހޯދުމަށް ފަހު މިކަމާ ގުޅޭގިތުން ކަން ހިނގާފައިވާގިތް ސަފުކޮށްދެއްވާނެކަމަށެވެ.