ދެއްވަދޫން ދެ މަހުގެ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ގއ. ދެއްވަދޫން ދެ މަހުގެ ތުއްތު ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާޙިމް ތަޢުފީޤުވަނީ ދެ މަހުގެ ތުއްތު ކުއްޖަކު އެރަށުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން "ފެށުން" އަށް ކަށަވަރުކޮށް ދެއްވާފައެވެ.

ތައުފީޤު ވިދާޅުވީ އެކުއްޖާ ކޮވިޑަށް ޕޮޒިޓިވވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރުމަށްފަހު، ކަރަންޓީން ނިމިގެން ކޮވިޑަށް ޓެސްޓު ކުރުމުން ކަމަށެވެ. އަދި އެޗްޕީއޭ އިން ވަނީ އެކުއްޖާގެ ބެލިނެވެރިންނަށް ގުޅާފައި ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އަންގާފައި ކަމަށްވެސް ތައުފީޤު ވިދާޅުވިއެވެ.

ތަޢުފީޤު ވިދާޅުވީ ބަލާ ބެލުމަށް ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި އެކުއްޖާގެ އިތުރުން 8 މީހާކު ހޯމް ކަރަންޓީނުގައި ތިބި ކަމަށާއި ކުއްޖާގެ މަންމަވެސް ހިމެނޭ ގޮތަށް ދެން ތިބި މީހުންގެ ސާމްޕަލް ނެގެޓިވް ވެފައިވާ ކަމަށެވެ.

އަދި ކުއްޖާގެ ދެވަނަ ސާމްޕަލް އެއް ނެގުމަށް އެޗްޕީއޭ އިން އެންގުމުން މިހާރު ދެވަނަ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރައްވަމުން ގެންދާކަމަށް ތައުފީޤު ވިދާޅުވިއެވެ.

މިއީ މިހާތަނަށް ދެއްވަދޫން ކޮވިޑް-19 އަށް މީހަކު ފައްސިވި ފުރަތަމަ ފަހަރެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ