ބޭރުގެ ޕްލެޓް ފޯމުތަކުން އަންނަ ފައިސާ ޑޮލަރު އެކައުންޓަށް ޖަމާކޮށްދިނުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުއްޓާލައިފިއެވެ.
ބޭރުގެ ޓްރާންސްފަރ ޕްލެޓްފޯމުތަކުން ލިބޭ ފައިސާ ޖަމާކޮށްދޭ އުސޫލަށް ބޭންކް އޮފް މޯލްޑިވްސް އިން ބަދަލުގެނެސްފައިވާކަން މިއަދު ވަނީ އަންގާފައެވެ.
އެގޮތުން ބީއެމްއެލްއިން ވިދަޅުވެފައި ވަނީ 26 އޮގަސްޓް 2020 އިން ފެށިގެން ވިސާ ޑައިރެކްޓް'، 'މާސްޓަރކާޑް ސެންޑް' ފަދަ ޕްލެޓްފޯމް މެދުވެރިކޮށް އަންނަ ފައިސާ ޔޫއެސް ޑޮލަރ އެކައުންޓްތަކަށް ޖަމާކޮށްދިނުން ހުއްޓާލާފައިވާކަމަށެވެ.
މި ބަދަލާއެކު، ރާއްޖޭން ބޭރުގެ ޑިޖިޓަލް ވޮލެޓް އަދި އެއް ފަރާތަކުން އަނެއް ފަރާތަކަށް (P2P) މިދެންނެވި ޕްލެޓްފޯމްތައް މެދުވެރިކޮށް ފޮނުވާ ފައިސާ ޖަމާކުރެވޭނީ ހަމައެކަނި ދިވެހި ރުފިޔާ އެކައުންޓްތަކަށް ކަމުގައިވެސް ބީއެމްއެލްއިން ވިދާޅުވެފައިވެއެވެ.
ބިއެމްއެލްއިން ވިދާޅުވެފައި ވަނީ ވިސާ ޑައިރެކްޓް ފަދަ ޕްލެޓްފޯމްތަކަކީ އާންމުކޮށް ވަކި ވަކި ފަރުދުން އޮންލައިން ޓްރޭޑިންގ އާއި ބޭރުގެ ޑިޖިޓަލް ވޮލެޓްތަކުން ޑޮލަރު އެކައުންޓްތަކަށް ފައިސާ ޖަމާކުރުމަށާއި ނެގުމަށް ބޭނުންކުރާ ވަސީލަތެއްކަމަށާއި، މިހާރެކޭ އެއްގޮތަށް ކުރިޔަށް އޮތްތާގައިވެސް އެކައުންޓަށް ޖަމާވާ ފައިސާ ނެގުމުގެ ފުރުޞަތު ލިބޭނެކަމަށެވެ. ނަމަވެސް މިގޮތަށް ފައިސާ ނެގޭނީ ހަމައެކަނި ރުފިޔާ އެކައުންތުން ކަމުގައި ބޭންކް އިން ވަނީ ވިދާޅުވެފައެވެ.



