ކޮވިޑް-19 އާއި ގުޅިގެން މަޑުޖެހިފައި އޮތް އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލް އެޅުމުގެ މަސައްކަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
މި ސްވިމިންގ ޕޫލަކީ، މާލެ އެކުވެނި ދުވާ ޓްރެކް ސަރަހައްދު ކައިރީގައި އޮންނަ އެއް ނަންބަރު ކުނިކޮށީގައި ތައްޔާރުކުރަމުންދާ ސްވިމިންގ ޕޫލެކެވެ.
މަޙްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސްވިމިންގ ޕޫލް އެޅުމުގެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު މިހާރު އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށްދާކަމަށެވެ. އަދި މިކަން ކުރިޔަށް ގެންދިޔުމުގައި ސްވިމިންގ އެސޯސިއޭޝަންގެ ސްވިމިންގ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޢަބްދުއްސައްތާރުގެ އިތުރުން އެ އެސޯސިއޭޝަންގެ އެކްސްކޯގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
Swimming pool ge masahkaiyves madujehifa othumahfahu mihaaru masahkathuge speed vanee baaruvefa.@MDVswim ge Raees adhi Exco ge varah bodu ehbaarulumeh libey. pic.twitter.com/O74mBDFRbv
— Ahmed Mahloof (@AhmedMahloof) August 26, 2020
ސަރުކާރުން މާލެ ސަރަހައްދުގައި ބައިނަލްއަގްވާމީ މިންގަނޑުތައް ފެތޭގޮތަށް ގާއިމްކުރުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ސްވިމިން ޕޫލް އެޅުމަށްޓަކައި އެކަމުގެ އަމަލީ މަސައްކަތް ފެށީ، މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. އޭރު މި ބިން ސާފުކުރުމުގެ މަސައްކަތް ފެށާފައިވީނަމަވެސް، މަސައްކަތް ހުއްޓިފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖޭޣައި ފެތުރުމާއެކުއެވެ.



