ގދ. ތިނަދޫގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލު ނުވެގެން ގެ އެއްގެ ފަަރުގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މިއެކްސިޑެންޓު ހިނގަން މެދުވެރިވީ ގާޒީ މަގުން އުތުރުން ދެކުނަށް ދުއްވާފައި އައި ސައިކަލަކުން ދުރަށްޖެހި ނަށްޓާލަން އުޅެނިކޮން ކަމަށް މައުލުމާތު ލިބެއެވެ. މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި އެއް ނުވެއެވެ. ނަމަވެސް ގެއެއްގެ ފުރާޅު ވަނީ ވެއްޓިފައި އެވެ. އަދި ކާރުގެ ބަފަރުވެސް ވަނީ ނެއްޓިފައިއެވެ.
މިމައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުންޏެވެ. މިއަދު ހަވީރު ހިނގި މި އެކްސިޑެންޓް ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ.
މިހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 17:23 ހާއިރު އެވެ.