18 އަހަރުން ދަށުގެ ޤާނޫނާ ޚިލާފުވެގެން ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށަހެޅުނު މައްސަލަ 2018 އަހަރާއި އަޅާބަލާއިރު މިއަހަރު %11.9 މަދުކަމުގައު ޖުވެނައިލް ޖަސްޓިސް ޔުނިޓުން ވިދާޅުވެއްޖެއެވެ.
ޖުވެނައިލް ޖަސްޓިސް ޔުނިޓުން ނެރެފައިވާ "ޤާނޫނާ ޚިލާދުވާ ކުދިންނާބެހޭ ރިޕޯޓް 2019" ގައި ވާގޮތުން މިދިޔަ އަހަރު ޤާނޫނާ ޚިލާފުވެގެން ޖުމްލަ 312 މައްސަލަ އެ ޔުނިޓަށް ހުށައެޅީފައިވެއެވެ. މިއަދަދީ 2018 ވަނަ އަހަރާއި އަޅާ ބަލާއިރު %11.9 ދަށް އަދަދެއްކަމަށް އެ ޔުނިޓުން ވަނީ ފާހަގަ ކޮށްފައެވެ.
މި ރިޕޯޓްގައި ބުނެފައި ވަނީ 2019 ވަނަ އަހަރު ހުށައެޅުނު މައްސަލަތަކުގެ ތެރެއިން ކުއްތަކުރާރުކޮށްގެން 147 ކުދިންގެ މައްސަލަ ހުށައެޅިފައިވާކަމަށާއި، އަދި 165 ކުދިންނަކީ ކުށުގެ ތުހުމަތުގައި އެ ޔުނިޓަށް އަލަށް ހުށައެޅުނު ކުދިން ކަމަށެވެ. 2017 ވަނަ އަހަރުން ފެށިގެން ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށައެޅޭ މައްސަލަތަކުގެ އަދަދު ދައްވަމުން ގޮސްފައިވާކަން އެޔުނިޓުން ވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް ހުށައެޅޭ މައްސަލަތަކުގައި ކުދިންނާއި އާއިލާތަކަށް ދިމާވާ އިޖުތިމާޢީ، އިޤްޠިޞާދީ، ނަފްސާނީ އަދި ރައްކާތެރިކަމާ ގުޅޭ މައްސަލަތައް ގިނަކަން އެ ޔުނިޓުން ފާހަގަ ކުރެއެވެ.
ރިޕޯޓްގައި ވާ ގޮތުން 2018 ވަނަ އަހަރާއަޅާ ބަލާއިރު އަލަށް ކުއްކޮށްގެން ހުށައެޅޭ ކުދިންގެ އަދަދު މަދު ނަމަވެސް 2019 ވަނަ އަހަރު ކުއް ތަކުރާރު ކުރާ ކުދިންގެ ކުދިންގެ އަދު ވަނީ އިތުރުވެފައެވެ.
މިދިޔަ އަހަރު ޤާނޫނާ ޚިލާފުވެގެން އެންމެ ގިނައިން ކުޑަކުދިންގެ މައްސަލަ އެ ޔުނިޓަށް ހުށައެޅިފައިވަނީ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެގޮތުން އެމަހު ވަނީ45 ކުއްޖެގެ މައްސަލަ އެ ޔުނިޓަށް ހުށައެޅިފައެވެ. އެއީ41 ފިރިހެން ކުދިންނާއި4 އަންހެން ކުދިންނެވެ.2019 ވަނަ އަހަރު ޤާނޫނާ ޚިލާފުވެގެން 291 ފިރިހެން ކުއްޖެއްގެ މައްސަލަ ހުށައެޅިފައިވާއިރު 21 އަންހެން ކުއްޖެގެ މައްސަލަވެސް ވަނީ ހުށައެޅިފައެވެ.