ޗައިނާއިން އުފެއްދި މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމުގައިވާ “ޓިކްޓޮކް” އެމެރިކާއިން ބޭން ކޮށްލާނެކަމަށް އެމެރިކާގެ ރައީށް ޑޮނާލްޑް ޓްރަމްޕް ބުނެފައިވަނިކޮށް، ޓިކްޓޮކްގެ ސީއީއޯ، ކެވިން މެޔާ މަޤާމުން އިސްތިއުފާ ދީފިއެވެ.
ކެވިން މެޔާ ޓިކްޓޮކްގެ ސީއީއޯ ކަމުން ވަކިވެފައިމިވަނީ، އެ މަޤާމާއި ހަވާލުވިތާ އެންމެ 3 މަސްވެފައިވަނިކޮށެވެ.
މި އެޕްލިކޭޝަންއާއި އެމެރިކާއާއި ދެމެދު ހަމަނުޖެހުންތައް އުފެދުނީ، ޓިކްޓޮކަކީ ޖާސޫސުކުރުމަށް ބޭނުންކުރާ ވަސީލަތެއްކަމަށް އެމެރިކާގެ އޮފިޝަލުން ތުހުމަތުވެސް ކޮށްފައިވަނިކޮށެވެ. އަދި، އެއީ ގައުމުގެ ރައްކާތެރިކަމަށް އޮތް ނުރައްކަލެއް ކަމަށްވެސް ބުނެފައިވެއެވެ.
މިކަމާއި ގުޅިގެން، ޓްރަމްޕް ބުނެފައިވަނީ، މައިކްރޯސޮފްޓް ނުވަތަ އެހެން ކުންފުންޏަކުން ޓިކްޓޮކް ނުގަނެފިނަމަ، މިއަންނަ ސެޕްޓެމްބަރު 15 ގައި ޓިކްޓޮކް އެ ގައުމުން ބޭން ކުރާނެކަމަށެވެ. އަދި އެ ކުންފުނީގެ 30% ގަތުމަށްވުރެ، އެ އެޕްލިކޭޝަން އެއްކޮށް ގަތުން މާ ރަނގަޅުވާނެކަމަށާއި، އަދި އެމެރިކާގެ ކުންފުންޏަކުން އެޕްލިކޭޝަން ގަތުމަކީ، މާ ރައްކާތެރި ކަމެއް ކަމަށެވެ.
މިކަމާއި ގުޅިގެން ކެވިން މޭޔާ އެ ކުންފުނީގެ ސީއީއޯ ކަމުން އިސްތިއުފާދީފައިވާއިރު، ކުންފުނީގެ އިސްފަރާތްތަކަށް ފޮނުވި އިސްތިއުފާ ސިޓީގައި ކެވިން ބުނެފައިވަނީ، ކުންފުނީގެ ސީއީއޯ ކަމާއި ހަވާލުވިފަހުން، ސިޔާސީ މަޝްރަހު ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށެވެ.
ކެވިން އަކީ، މީގެ ކުރިން ވޯލްޓް ޑިސްނީގެ ޗެއާމަންކަންވެސް ކޮށްފައިވާ ފަރާތެކެވެ.




