ކެޕޭސިޓީ އިތުރުކުރުމަށް އެސްޓީއޯއިން ތާޖުއްދީނުގައި 19 އެނދު ބަހައްޓައިފި

ކޮވިޑް-19 އަށް ފަރުވާދޭން ގާއިމުކޮށްފައިވާ ފެސިލިޓީތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ތާޖުއްދީން ސްކޫލްގައި 19 އެނދު ބަހައްޓައިފިއެވެ.

އެސްޓީއޯއިން ފެސިލިޓީތަކުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށާފައި މިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ގިނަވެ، ފެސިލިޓީތަކަށް ބާރުބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މިފަހަކަށް އައިސް ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 100 އަށްވުރެ މަތީގައެވެ. އަދި ބަލި ފެތުރުން ކޮންޓުރޯލް ކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން އިތުރު ފިޔަވަޅުތައް އަޅަން ފަށާފައިވާއިރު، މާލޭގައި މާސްކް ނާޅައި ބޭރައް ނިކުތުމާއި، ރޭގަނޑު 22:00 އިން ފަތިހު 5:00 އަށް ބޭރައް ނިކުތުމާއި، އަދި މާލޭގައި ދުއްވާ އެއްޗެހި ރޭގަނޑު 20:00 އިން ފަތިހު 5:00 އަށް ދުއްވުންވަނީ މަނާކޮށްފައެވެ.

ކޮވިޑަށް ފަރުވާދޭ ފެސިލިޓީތަކުގެ ބެޑް ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްއީއޯސީން ދާދިފަހުން ބުނެފައިވާއިރު، ފެސިލިޓީތަކުގެ ބެޑް ކެޕޭސިޓީގެ 62 ޕަސެންޓު މިހާރު ފުރިފައިވާކަމަށްވެސް އެސެންޓަރުންވަނީ ހާމަކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް މުޅި ޖުމްލަ 7,225 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާއިރު މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައި ރާއްޖޭގައި ފަރުވާދެމުން އަންނަ ބަލިމީހުންގެ އަދަދަކީ 2،670 އެވެ. އަދި މީގެތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދަކީ 173 އެވެ.

އަދި 28 މީހަކުވަނީ މިބަލީގައި ރާއްޖެއިން ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ