މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކަށް އާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ޤާނޫނު ނަންބަރު 14/2019 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީން ހަދަމުންދާ މެނޭޖްމަންޓް ޕްލޭން ތަކުގެ ތެރެއިން "ދިވެހިރާއްޖޭގެ ފާނަ މެނޭޖްކުރުމާބެހޭ ޕްލޭން" އާއި "ދިވެހިރާއްޖޭގެ ހުއިފިލަނޑާ މެނޭޖްކުރުމާބެހޭ ޕްލޭން" އަދި "ދިވެހިރާއްޖޭގެ ހިބަރު މަސްވެރިކަން މެނޭޖްކުރުމާބެހޭ ޕްލޭން" އާ މެދު އާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތަށް ހުޅުވާލައިފައިވާ ކަމަށެވެ.
އަދި ބަޔާންކުރެވިފައިވާ މެނޭޖްމަންޓް ޕްލޭން ތަކުގެ އިތުރުން އެހެނިހެން ބާވަތްތަކުގެ މަސްވެރިކަމުގެ ޕްލޭންތަކާ މެދުވެސް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތަށް ހުޅުވާލާނެ ކަމަށްވެސް އެއިއުލާނުގައި ބުނެފައި ވެއެވެ.
މިމެނޭޖްމަންޓް ޕްލޭންތަކާ ގުޅިގެން ޚިޔާލު ހުށަހެޅުއްވުމަށް މިއިޢުލާނާއެކު ޝާއިޢުކުރެވިފައިވާ ފޯމު ފުރުއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން އެދޭ ކަމަށާއި އަދި މިކަމާ ގުޅޭގޮތުން އިތުރު ބޭނުން ވެލައްވާނަމަ، 3339218، 3339223، 3339203 ނަންބަރު ފޯނާ ގުޅުއްވުމަށްވެސް އެއުލާނުގައި ބުނެފައިވެއެވެ.
މިނިސްޓްރީގެ މި މެނޭޖްމަންޓް ޕްލޭންތަކަށް ޚިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ 6 ސެޕްޓެމްބަރު 2020 ވާ އާދީއްތަ ދުވަހުގެ
ހެނދުނު 10:00 އެވެ.