ބޯކޮށް ވާރެވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ، ރާއްޖޭގެ ދެކުނަށް މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.

މި ވައިޓް އެލާރޓް ނެރެފައިވަނީ މިރޭގެ 23:00 ން ފަތިހު 05:00 އަށް، ލާމު އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށެވެ.

މެޓް އޮފީހުން ނެރެފައިވާ ވައިޓް އެލާރޓްގައި ބުނެފައިވަނީ އެލާރޓް ނެރެފައިވާ ގަޑިތަކުގައި މިސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ.

ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވަނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމަކީ އެކަށީގެން ވާކަމެއް ކަމަށެވެ.

"ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުންް އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެން ވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.

މީގެއިތުރުން އެއިދާރާއިން ބުނީ، ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެކަމަށާއި، ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށެވެ. އަދި ކަނޑުގެ ރާޅުގެ އުސްމިން ހުންނާނީ  3– 5 ފޫޓާއި ދެމެދުގައިކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށްވެސް އެއިދާރާއިން ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ