ޝައިޚް ޢަލީ ޒައިދު

މުޢާހަދާއެއްގައި ސޮއި ކުރާނަމަ ދީނާ ފުށުއަރާ މާއްދާއެއްވޭތޯ ބަލަންޖެހޭ: ޒައިދު

ރާއްޖެއިން ބައިނަލް އަޤްވާމީ މުޢާހަދާއެއްގައި ބައިވެރިވާނަމަ އިސްލާމް ދީނާއި ފުށުއަރާ އެއްވެސް މާއްސާއެއް އެ މުޢާހަދާގައި ވޭތޯ ބަލަންޖެހޭ ކަމުގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިހެން ވިދާޅުވެފައި މިވަނީ ގަދަކަމުން ގެއްލުވައިލުމުގެ ނުރައްކަލުން މީހުން ރައްކާތެރިކުރުމުގެ ބައިނަލް އަޤްވާމީ މުޢާހަދާގައި ރާއްޖެ ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ ހޯމަ ދުވަހު ރުހުން ދީފައިވަނިކޮށެވެ. މި މުޢާހަދާގައި ރާއްއިން ބައިވެރިވުމަށް ރުހުން ދީފައި ވަނީ މަޖިލީހުގައި ތިއްބެވި 56 މެންބަރުންގެ އިއްތިފާޤުންނެވެ.

މި މުޢާހަދާގައި ސޮއި ކުރުމުން ދަޢުލަތުގެ މައްޗަށް ގިނަ ކަންތައްތަކެއް ކުރުމަށް ލާޒިމް ކުރެއެވެ.

ޝެއިޙް ޒައިދު ވިދާޅުވެފައި ވަނީ ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމެއްކަމަށާއި ބައިލަޤްވާމީ މުޢާހަދާތަކުގައި ބައިވެރިވާނަމަ އިސްލާމްދީނާ ފުށުއަރާ އެއްވެސް މާއްދާއެއްވޭތޯ ބަލައި އެމާއްދާއެއް އިސްތިސްނާކޮށްފައި ނޫނީ އޭގައި ބައިވެރިވެގެން ނުވާނެކަމަށެވެ. "މުސްލިމުންނާ ކާފިރުންނާ ތަފާތުތަކެއްހުރޭ! އަދި ހުންނަންވެސްވާނެ!" ޒައިދު ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖޭގައި މިހާތަނަށް ބައެއް ފަރާތައް ވަނީ ގަދަ ކަމުން ގެއްލުވާލައިފައެވެ. އެގޮތުން މިފަދަ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވަނީ ކޮމިޝަނެއްވެސް އުފައްދާފައެވެ.

ނަމަވެސް މިހާތަނަށްވެސް މިފަދަ މައްސަލަތަކަށް ވަނީ އިންސާފު ނުލިބިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ