އެމެރިކާގެ ފަސްޓް ލޭޑީ، މެލާނިއާ ޓްރަމްޕް ލީ ފެހި ކުލައިގެ ހެދުމަކަށް ގިނަ ބަޔަކު ޖޯކު ޖަހާ، މެލާނިއާ އެ ހެދުމުގައި ހުރި ފޯޓޯތައް އެކިގޮތްގޮތަށް ހަދައިގެން މީސްމީޑިއާގައި ދައުރުކުރަން ފަށައިފިއެވެ.
މެލާނިއާ ގުރާފެހިކުލައިގެ މި ހެދުން ލައިފައިވަނީ، ފިރިކަލުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު މިދިޔަ ބުރާސްފަތި ދުވަހު އޮތް ރިޕަބްލިކަން ނޭޗަނަލް ކޮންވެންސްގައި އެކްސެޕްޓެންސް ސްޕީޗް ދެއްވުމަށް ކުރި ޒިޔާރަތުގައެވެ.
ގުރާފެހި ކުލައިގެ މި ހެދުން ވަރަށް އަލިގަދައިރު، މި ހެދުން ވައްތަރީ ފިލްމް/ފޮޮޓޯތައް އެޑިޓް ކުރުމަށް ބެކްގްރައުންޑްގައި ބޭނުންކުރާ "ގްރީން ސްކްރީން"އަކާއި ކަމަށް ބުނެ ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި ޖޯކު ޖަހާފައެވެ. އެގޮތުން މި ފޮޓޯ އެކިގޮތްގޮތަށް އެޑިޓް ކޮށްފައިވާއިރު، ހެދުމުގަައި ލިޔުންތަކާއި، ޗާޓުތައް އަދި ޕޯސްޓަރުތައް އެޑިޓްކޮށް ލުމަށްފަހު މީސްމީޑިއާގައި ވަނީ ދައުރުކޮށްފައެވެ.
Green screen #1 has launched. It’s a strong first entry. pic.twitter.com/b6lPdneFp2
— Jason Kint (@jason_kint) August 28, 2020
އެހެންކަމުން މިވަގުތު މީސްމީޑިއާގައި މެލާނިއާ ގެ މި ފޮޓޯ ވަނީ ހެއްވާ މަޖާ މީމްސްތަކަކަށް ބަދަލުވެފައެވެ.
My favorite Melania Trump green screen dress?
The Kamala Harris #BidenHarris2020 pic.twitter.com/VXHWNMATZP
— ☇RiotWomenn☇ (@riotwomennn) August 28, 2020
މީގެ ކުރިންވެސް މެލާނިއާ ލާ ހެދުންތަކަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. އެގޮތުން 2018 ވަނަ އަހަރު ޔަތީމު ކުދިންތަކެއް ދިރިއުޅޭ ކޭމްޕަކަށް ޒިޔާރަތްކުރިއިރު ލާފައިވާ ޖެކެޓެއްގައި "އައި ރިއަލީ ޑޯންޓް ކެއާ، ޑޫ ޔޫ" މިހެން ލިޔެފައި ހުރުމުން ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.



