ރައީސް ޞޯލިޙް - ފޮޓޯ: ރައީސް އޮފީސް

ރައީސް ދެކަނބަލުން ޓްރަމްޕަށް އަވަސް ސިފާއަކަށް އެދިލައްވައިފި

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި އެބޭފުޅާގެ އަނބިކަނބަލުން މެލާނިއާ ޓްރަމްޕް އަށް އަވަސް ސިފާއަކަށް އެދިލައްވައިފިއެވެ.

ރައީސް ޞޯލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށާއި އަނބިކަނބަލުން މެލާނިއާ ޓްރަމްޕް އަށް ކޮވިޑް-19 އިން އަވަސް ޝިފާއެއް މިންވަރު ކުރެއްވުމަށް ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު އާއި ރައީސް ޞާލިޙް އެދިލައްވާ ކަމަށެވެ.

ޑޮނަލްޑް ޓްރަމްޕް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާއާއި، އޭނަގެ އަނބިކަނބަލުން މެލާނިއާ ޓްރާމްޕް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕް ވިދާޅުވެފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ވަގުތުން، ބައްޔަށް ފަރުވާ ހޯދުމަށް ކަރަންޓީނުގެ މުއްދަތު ފަށާފައިވާކަމަށެވެ.

ކޮވިޑް-19 ގެ ފުރަތަމަ ކޭސް ޗައިނާގެ ވޫހާން ސިޓީއިން ފެނުމާއެކު، ޓްރަމްޕް ވަނީ ކޮވިޑް-19 އަކީ އާދައިގެ ބައްޔެއް ކަމަށް ބުނެފައެވެ. އެގޮތުން އެމެރިކާއިން ކޮވިޑް-19 ކޭސްތައް ފުރަތަމަ ފެނުމާއެކުވެސް، އެމެރިކާގެ ސަރުކާރުން ބަލި ކޮންޓްރޯލުކުރުމަށް މާބޮޑު ފިޔަވަޅުތަކެއް ފުރަތަމަ ނާޅައެވެ. އެގޮތުން އާންމުންގެ ތެރޭގައި މާސްކް އެޅުމަށްވެސް ޓްރަމްޕް ވަނީ ދެކޮޅުހަދައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ