ހޯރަފުށީ އެއާރޕޯޓް ގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި : ފޮޓޯ - އެމްޓީސީސީ

ހޯރަފުށީ އެއަރޕޯޓްގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފި

ހއ. ހޯރަފުށީ އެއަރޕޯޓްގެ ތާރުއެޅުމުގެ މަސައްކަތް އިއްޔެ ހަވީރު ފަށައިފައިވާ ކަމަށް އެމްޓީސީސީ އިން ވިދާޅުވެއްޖެއެެވެ.

ހޯރަފުށީ އެއާރޕޯޓް އެޅުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ ނިމިދިޔަ އަހަރުގެ މާރޗް މަހު25 ގައެވެ. ޑޮމެސްޓިކް ދަތުރު ތަކަށް ޙާއްސަ ކޮށްގެން ތަރައްޤީކުރާ މި އެއާޕޯރޓްގެ މަސައްކަތް ނިމޭއިރު 1.2 ކިލޯމީޓަރުގެ ރަންވޭއެއްގެ އިތުރުން 8635 އަކަމީޓަރުގެ އޭޕްރަނަކާއި ޓެކްސީވޭއެއްވެސް ޤާއިމް ކުރާނެއެވެ.

ހޯރަފުށީ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ އޮގަސްޓްމަހު ވަނީ ނިންމާލާފައެވެ. އެމްޓީސީސީއިންވަނީ ހއ. ހޯރަފުށީ އެއާރޕޯޓްގެ މަސައްކަތް ރަނގަޅާށް ކުރިއަށްދާނަމަ މިފެށޭ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިނމާލެވޭ ވަރުވާނެކަމަށް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

 ހއ. ހޯރަފުށީ އެއަރޕޯޓްގެ ތާރުއެޅުމުގެ މަސައްކަތް ފެށުން ފާހަގަ ކުރުމަށްޓަކައި އެރަށުގެ ރައްޔިތުން ކުލަ ގަދަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

3000 އަށްވުރެ އާބާދީގެ ގޮތުން ބޮޑު ހޯރަފުށީގައި އެއާރޕޯޓް އެޅުމުން އެކަމުގެ ފަސޭހަ ރަށުގެ ރައްޔިތުންގެ އިތުރުން މުޅި އަތޮޅަށްވެސް ކުރާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ