އިންޑިއާގެ މުގައްދަސް ބުރިޖެއްމަތީ ބަރަހަނާ ވީޑިއޯނެގި އަންހެނަކު ހައްޔަރުކޮށްފި

އިންޑިއާގެ މުގައްދަސް ބުރިޖެއްމަތީ ބަރަހަނާ ވީޑިއޯނެގި އަންހެނަކު ފުރާންސްގެ އަންހެނަކު އިންޑިއާއިން ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ފުލުހުން މި އަންހެން މީހާ ހައްޔަރުކޮށްފައިވަނީ އެގައުމުގައި ހެދިފައިވާ އިންޓަރނެޓް ގާނޫނުގެ ދަށުންނެވެ. މި ގާނޫނުގެ ދަށުން މި އަންހެން މީހާގެ މައްޗަށް އުފުލައިފައިވާ ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މައުލޫމާތު ލިބޭގޮތުގައި އަންހެން މީހާ ބަރަހަނާ ހާލު ހުރެ އަމިއްލަ ވީޑިއޯ ކޮށްފައިވަނީ އިންޑިއާގެ އުތުރުގެ ސިޓީއެއް ކަމަށްވާ ރިޝާކެޝް ސިޓީގައިވާ މުގައްދަސް ބުރިޖެއް މަތީގައެވެ. މި ބުރިޖަކީ ހިންދީ ދީނުގެ މުގައްދަސް ކޯރެއް ކަމަށްވާ ގަންގާ ކޯރުމަތިން އަޅާފައިވާ ބުރިޖެކެވެ. މި ސަރަހައްދަކީ ދީނީ ގޮތުން މުގައްދަސް ތަނަކަށް ވުމުގެ އިތުރުން ފަތުރުވެރިންގެ މެދުގައިވެސް މައްޝާރު ތަނެކެވެ.

ވީޑިއޯ ނެގި އަންހެން މީހާ ބުނެފައިވަނީ، އޭނާ އެ ވީޑިއޯ ނަގައިފައިވަނީ ގަހަނާ އިސްތިހާރު ކުރުމުގެ ބޭނުގައި ކަމަށާއި އެކަމަކީ އިންޑިއާގައި މަނާކަމެއްކަން އިނގިފައި ނުވާ ކަމަށެވެ.

މި އަންހެންމީހާ މިހާރު ކަފާލާތުގެ ދަށުން ދޫކޮށްލައިފައި ވީނަމަވެސް އިންޑިއާގެ ފުލުހުން މިމައްސަލައިގައި ދައުވާ ކުރާނެއެވެ. އިންޑިއާގެ މެޖޯރިޓީ ރައްޔިތުންނަކީ ހިންދީ ދީނުގެ އަހުލުވެރިންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ