ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.
އެސްޓީއޯ އިން މިއަދު ވިދާޅުވީ، މިއަދުން ފެށިގެން ޑީސަލް ލީޓަރަކުން 14 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 10 ލާރި ހެޔޮ ވާނެ ކަމަށާއި، އެހެންކަމުން އެސްޓޯއޯގެ ފިއުލް ސްޓޭޝަން ތަކުން ތެޔޮ ވިއްކާނީ ޑިސަލް ލީޓަރެއް 11.97ރ އަދި ޕެޓްރޯލް ލީޓަރެއް 11.39ރ އަށް ކަމަށެވެ.
އެސްޓީއޯއިން ޕެޓްރޯލާއި ޑިސަލްގެ އަގަށް ގެނައި ބަދަލު:
ޕެޓްރޯލް (ލީޓަރެއް)
ކުރިން ލިބޭ އަގު: 11.49 ރުފިޔާ
ހެޔޮކުރި އަދަދު: 0.10 ރުފިޔާ
މިހާރު ލިބޭ އަގު: 11.39 ރުފިޔާ
ޑިސަލް (ލީޓަރެއް)
ކުރިން ލިބޭ އަގު: 12.11 ރުފިޔާ
ހެޔޮކުރި އަދަދު: 0.14 ރުފިޔާ
މިހާރު ލިބޭ އަގު: 11.97 ރުފިޔާ
We have reduced our fuel prices, effective today. pic.twitter.com/mnMJ2bz8wR
— STO Plc (@stoplc) May 23, 2019
އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ކުޑަ ތަންކޮޅެއް ހެޔޮކުރިިއިރު، ތެލުގެ އަގު އެންމެފަހުން ބޮޑުކޮށްފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ޑީސަލް ލިޓަރަކުން ފަންސާސް ލާރި އަދި ޕެޓްރޯލް ލިޓަރަކުން ހަތްދިހަ ލާރި އަގު ބޮޑުކޮށްފައިވެއެވެ.
ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ހެދި ތެލުގެ ޑިމާންޑް ދަށްވާނެ ކަމަށް ލަފާކުރެވި އިއްޔެ ވަނީ ބައިނަލްއަގުވާމީ ބާޒާރުގައި ފަސް ޕަސެންޓް އަގު ވެއްޓިފައެވެ. މިއީ އެއް ދުވަހަކާ އަދި އެއް ހަފުތާގެ ތެރޭގައި ވެސް މި އަހަރު ތެލުގެ އަގު އެންމެ ބޮޑަށް ދަށްވި ފަހަރެވެ.




