ފޮޓޯ: މަޖިލިސް

ލަންކާ ބާޒާރަށް ކަނޑުމަސް ފޮޮނުވާކަށް ބޭނުމެއް ނޫން: މިނިސްޓަރ ޒަހާ

ގަންޑުކުރި މަސް ލަންކާ ބާޒާރަށް ފޮނުވަން ބޭނުން ނުވާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރީ ކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒަހާ މިހެން ވިދާޅުވެފައި ވަނީ ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ކުރެވި ސުވާލަކަށް ގަވާބު ދެއްވަމުންނެވެ.

އަހްމަދު ސަލީމް ކުރެއްވި ސުވާލުގައި ވަނީ ލަންކާގެ އާ ސަރުކާރުން މަސް އެގައުމަށް އިމްޕޯޓް ކުރުން މަނާ ކުރުމަށް އުޅޭ ވާހަކަ ތަކެއް އަޅުގަނޑުމެން މިވަނީ އަޑު އަހާފައި ކަމަށާއި އަޅުގަނޑުގެ އެފަދަ ފިޔަވަޅެއް އަޅައިފި ނަމަ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތައް ކުރާނީ ކޮން ކަހަލަ އަސަރެއްތޯ އަދި ގެއްލުމެއްތޯ އެވެ.

މޯލްޑިވް ފިޝް ގެ ނަމުގައި ލަންކާއިން މަސް އެކްޕޯޓް ކުރާ ކަމަށާއި ދިވެހި ރައްޔިތުންނަށް މޯލްޑިވް ފިޝް ބޮރޭންޑް ޕެޓެންޓް ނުކުރެވިގެން މިއުޅެނީ ކީއްވެގެންތޯ ވެސް ސުވާލު ކުރެއްވި އެވެ. އަދި މިކަން ނުކުރެވި ދާ ކޮންމެ ދުވަހަކީ ދިވެހި ރާއްޖެގެ މަސްވެރިކަމަށް ލިބޭނެ ވަރަށް ބެޑު ގެއްލުމެއް ކަމަށާއި މިކަމަށް އޮތް ހައްލަކީ ކޮބާތޯ ސުވާލު ކުރެއްވި އެވެ.

މި ސުވާލުތަކަށް ޖަވާބު ދެއަވަމުން މިނިސްޓަރ ޒަހާ ވިދާލުވީ ސްރިލަންކާ އިން މަސް އިމްޕޯޓް ކުރުން ހުއްޓާލުމާ ބެހޭ ގޮތުން ވިދާޅުވާނީ ރައްޖޭގެ މަސް ލަންކައަށް ނުގެންދެވޭތީ އަޅުގަނޑުމެން ކަންބޮޑު ނުވާ ކަމަށާއި އަޅުގަނޑުމެން މި އަމާޒުކުރަނީ އަގުބޮޑު ބާޒާރަށް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ ގަނޑުކުރި މަސް ތައިލެންޑް ބާޒާރަށް ވެސް އަދި ލަންކާ ބާޒާރަކަށް ވެސް ފޮނުވާކަށް"

އަޅުގަނޑުމެން މަސައްކަތް ކުރަނީ މަހުން ލިބޭ އާމްދަނީގެ ގޮތުގައި ރައްޔިތުންނަށް ވީހާވެސް ބޮޑު މަންފާއެއް ހޯދައިދިނުމަށް ކަމަށާއި ހިކި ކަނޑުމަހަކީ އަޅުގަނޑުމެނަށް މާ ބޮޑު އަގެއް ލިބޭ އެއްޗެއް ނޫން ކަމަށް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

"އެއަށްވުރެ ބޮޑެތި ބާޒާރަށް އަޅުގަނޑުމެންނަށް ފޮނުވޭނެ. މި ތަރައްގީތައް މި ގެންނަނީ މަސްވެރިންނަށް މަންފާ ހޯދައިދިނުމަށް" ޒަހާ ވިދާޅުވިއެވެ.

މިނިސްޓަރ ޒަހާ އިތުރަށް ވިދާޅުވީ މޯލްޑިވް ފިޝްގެ ނަމުގައި ސްރިލަންކާއިން އެކި ތަންނަނަށް އެކްސްޕޯޓް ކުރާ ކަމަށާއި ނަމަވެސް ރާއްޖޭގައި އަދި ޕެޓެންޓް ގާނޫނެއް ނެތް ކަމަށާއި ޕެޓެންޓް ގާނޫނެއް އައިސްގެން ނޫނީ މޯލްޑިވް ފިޝް ބްރޭންޑެއް ގޮތުގައި ޕެޓެންޓް ނުކުުރެވޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ