ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަންގެ ގޮތުގައި އަލްފާޟިލާ ޘަނާ މަންސޫރު، މއ. މަނަސް ހަމަޖައްސައިފިއެވެ.
މި މަގާމް ކަނޑައެޅުނީ ޘަބާ އައްޔަން ކުރައްވާފައި ވަނީ 2019 ވަނަ އަހަރުގެ އަހަރީ ޖަލްސާއަށް ފަހު ބޭއްވުނު ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައެވެ.
ބީއެމްއެލްއިން ވިދާޅުވެފައި ވަނީ ސަރުކާރުގެ ފަރާތުން ހުށައަޅުއްވައި އަހަރީ އާންމު ޖަލްސާގައި ބޯޑަށް އައްޔަން ކުރެވުނު ޑިރެކްޓަރުންނަކީ:
- އަލްފާޟިލާ ޘަނާ މަންސޫރު / މއ. މަނަސް، މާލެ
- ޓިމޮތީ ސޯޔަރ (ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ)
- އަލްފާޟިލާ ޢާއިޝަތު ނޫރައްދީން / މ. ތާނގީދޮށުގެ، މާލެ
- އަލްފާޟިލާ ޖުވައިރިޔާ ސަޢީދު / މއ. ކޮށީގެ، މާލެ
- އަލްފާޟިލް ނަޖީމް އިބްރާޙީމް ޒަކަރިއްޔާ / މ. ދާޝިން، މާލެ
- އަލްފާޟިލް ޙުސައިން ތަޢުފީޤު ޢަލީ / މ. މުއިރި، މާލެ
- އަލްފާޟިލް ޢަބްދުﷲ ޙަސަން / ނަސީމާމަންޒިލް، ރ. އަލިފުށި
މީގެ އިރުރުން އާންމު ޙިއްސާދާރުންގެ ފަރާތުން އިންތިޚާބު ކުރެއްވި3 ޑިރެކްޓަރުންނަކީ:
- އަލްފާޟިލް މުޙައްމަދު ޢަބްދުއްސައްތާރު / މއ. ޓިއުލިޕްވިލާ، މާލެ
- އަލްފާޟިލް އިބްރާޙީމް މުޙައްމަދު / ނެލުމް، ނ. ހޮޅުދޫ
- އަލްފާޟިލް އަޙްމަދު މުޙައްމަދު / ގ. އުފާ، މާލެ
ބީއެމްއެލް އިން މިއަދު ބޭއްވި އެ ބޭންކްގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވަނީ ޙިއްސާއަކަށް26 ރުފިޔާ ބަހަން ފާސްކޮށްފައެވެ. އެގޮތުން ބެންކް އިން ވިދާޅުވެފައި ވަނީ ޙިއްސާއަށް ވާ ފައިސާ ބަހާނީ އެމްއެމްއޭއިން ހުއްދާ ދީފިނަމަ ކަމަށެވެ.



