ޢާންމު ސިއްޚަތުގެ ނިޒާމަށް ހުރަސްއަޅާ ފަރާތްތަކާއި ދޭތެރޭ ފިޔަވަޅު އަޅާނަން: އިމްރާން

ޢާންމު ސިއްޚަތުގެ ނިޒާމަށް ހުރަސްއަޅާ ފަރާތްތަކާއި ދޭތެރޭ ފިޔަވަޅު ސަރުކާރުން އަޅާނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސިޔާސީ ސަބަބަކާއި ހުރެވިޔަސް އަދި އެހެން ސަބަބަކާހުރެވިޔަސް ޢާންމު ސިއްޚަތުގެ ނިޒާމަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ މައްސަލަތައް ބަލައި އަޅާންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެކަމަށްވެސް އިމރާން ވަނީ ވިދާޅުވެފައެވެ.
އިމްރާން މިހެން ވިދާޅުވެފައިމިވަނީ ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީއަށް ގެންދިޔަ މީހަކު އެރަށަށް އެރުވުމާއި ދެކޮޅަށް، އެރަށު ރައްޔިތުން މިއަދު ނިކުމެ އިހުތިޖާޖު ކޮށްފައިވަނިކޮށެވެ.
ގދ ތިނަދޫއިން ކޮވިޑް-19 އަށްް ޕޮސިޓިވްވި މީހާ ގއ. ވިލިނގިއްޔަށް ނޭރުވުމުން ސީއެމްބިއުލާންސްގައި އޭނާ ވަނީ އަނބުރާ ތިނަދޫއަށް ގެންގޮސްފައެވެ.
މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ނަރީ

    ކޮބާ! އިސްލާމްދީނަށް ފާޅުގައި ފުރައްސާރަކުރި ބައި ގަނޑު،އެއީ ބޭފުޅާ ތަމްސީލުކުރާ މިނިސްޓްރީ އާއި ގުޅުންހުރި ބޮޑު މައްސަލަ ފުރަތަމަ އެކަންބަލާ ފިޔަވަޅު އަޅާފަ އެހެން ކަންކަން އިސްލާހުކުރަން ނުކުންނަވާ،މުޅި ކޯލިޝަން ފެއިލް..ދެން ރައްޔިތުން ގުނބޯ ނުހެއްދޭނެ…ތިޔައީ ދެފުށްކެހެރި އެއް
    ،ދީނައް ފުރައްސާރަ ކުރާމީހުންނާއި އެކުނޫޅުމައް ކަރުބުޑުން ހަޅޭއްލަވާފަ އިއްޒަތާއި އާރާއި ބާރު ލިބުނީމަ ގޮސްއެމީހުން ހުދުގޮތިކޮލަކަށް ދެކޭ މީހެއް
    އިތުބާރެއް ނެތް!

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ