އޮންލައިންކޮށް ކާބޯތަކެތި ވިއްކާ ފަރާތްތަކުން ރަޖިސްޓްރީކުރަން އަންގައިފި

އެއްވެސް ފަރާތަކުން ވިޔަފާރީގެ އުޞޫލުން ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭނަމަ ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަޑުތައް ބަޔާންކުރާ ޤަވާޢިދާއި ކަމާގުޅޭ އެހެން ޤަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން ހުއްދަ ނެގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭއިން މިއަކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އެޗްޕީއޭއަށާއި އަދި ސަރުކާރުގެ ކަމާބެހޭ އެހެނިހެން އިދާރާތަކުން ނަގަންޖެހޭ ހުއްދަ ނުނަގާ، ޤަވާޢިދާ ޚިލާފަށް ރަޖިސްޓްރީ ނުކޮށް ވިޔަފާރި އުޞޫލުން ކާބޯތަކެތީގެ ޚިދުމަތްތައް ދެމުން ގެންދާކަމަށް ފާހަގަކުރެވިފައިވާކަމަށެވެ.

އެގޮތުން ރަޖިސްޓްރީ ނުކުރާ ބަދިގެފަދަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމާއި، ފިހާރަތަކާއި ގޭގޭގައި ކާބޯތަކެތީގެ ބާވަތްތަކާއި ދުންފަތުގެ ބާވަތްތައް އޮންލައިން ޕްލެޓްފޯރމްތަކުގައާއި އެހެންގޮތްގޮތަށް އިޝްތިހާރުކޮށް ޑެލިވެރީ ޚިދުމަތް ދެމުންގެންދާކަމުގެ މަޢުލޫމާތާއި ޝަކުވާ ލިބެމުންދާކަމަށްވެސް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

އެހެންކަމުން އެއްވެސް ފަރާތަކުން ވިޔަފާރީގެ އުޞޫލުން ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭނަމަ ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަޑުތައް ބަޔާންކުރާ ޤަވާޢިދާއި ކަމާގުޅޭ އެހެން ޤަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން ހުއްދަ ނެގުމަށް އެޗްޕީއޭއިން އަންގާފައިވާއިރު، ޚިދުމަތް ހޯދާ ފަރާތްތަކުންވެސް ރަޖިސްޓްރީ ނުކޮށް ހިންގާ މިފަދަ ތަންތަނުން ޚިދުމަތް ނުހޯދުމަށްވެސް އެޗްޕީއޭއިންވަނީ އިލްތިމާސް ކޮށްފައެވެ.

އަދި ރަޖިސްޓްރީނުކޮށް ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާމެދު، ޤަވާޢިދުގައިވާގޮތުގެ މަތިން ފިޔަވަޅުއަޅާނެކަމަށްވެސް އެޗްޕީއޭގެ މިއިޢުލާނުގައިވެއެވެ.

އެޗްޕީއޭއީން ބުނި ގޮތުގައި ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަށް ރަޖިސްޓްރީ ކުރުމަށް މިނިސްޓްރީ ހެލްތުގައިވާ އޮންލައިން ޕޯރޓަލް (https://counter.health.gov.mv) މެދުވެރިކޮށް ހުށަހެޅޭނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ