ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބާރު ވައިޖެހި ކަނޑު ގަދަވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން މިރޭ ނެރުނު ހުދު ސަމާލުގައި ބުނެފައިވަނީ، ހއ. އަތޮޅުން ތ. އަތޮޅާއި ދެމެދުގެ ރައްތަކަށް މިރޭ 23:00 އިން ފަތިހު 5:00 އާއި ދެމެދު ގަޑިއަކު19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށެވެ.

މީގެއިތުރުން، މިވަގުތުތަކުގައި އަންނަ ވިއްސާރަ ވިލާގަނޑުތަކުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން މިރޭ ނެރުނު ހުދު ސަމާލުގައި ބުނެފައިވެއެވެ.

މޫސުމީ ނަކަތުން ބަލާނަމަ މިއަދަކީ ފުރަ ނަކަތުން ނުވަވަނަ ދުވަހެވެ. ފުރަ ނަކަތަކީ ހުޅަނގު މޫސުމުގެ 11 ވަނަ ނަކަތެވެ. މިއީ ހުޅަނގު މޫސުމުގައި އާންމު ގޮތެއްގައި ވާރޭ ވެހޭނެ އެންމެ ފަހު މޫސުންކަންވެސް ފާހަގަ ކޮށްލެވެއެވެ.

މިދުވަސްވަރަކީ މުޅި ދެކުނު އޭސިޔާ ސަރަހައްދައްވެސް މޫސުން ގޯސް ވިއްސާރަ ދުވަސްވަރެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ