އެންޖެލީނާ ޖޯލީ އަކީ ފޫހި މީހެއް ކަމަށް އަމިއްލަ އަށް ބުނެފި!

ހޮލީވުޑްގެ ފިލްމީ ތަރި އެންޖެލީނާ ޖޯލީ އަކީ ފޫހި މީހެއް ކަމަށް އަމިއްލަ އަށް ބުނެފިއެވެ.

އެންޖެލީނާ ޖޯލީ އަކީ ދުނިޔޭގެ ފިލްމީ ތަރިންގެ ތެރެއިން އެންމެ ރީތި އެއް ތަރިއެވެ. ނަމަވެސް އޭނާ ގަބޫލު ކުރާގޮތުގައި އޭނާ އަކީ ވަރަށް ފޫހި މީހެކެވެ.

އެންޖެލީނާ ޖޯލީ އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ އަކީ ވަރަށް ފޫހި މީހެއް ކަމަށާއި އޭނާގެ ދަރިންނަކީ ވަރަށް އުފެއްދުންތެރި ބައެއް ކަމަށާއި އަދި އެކުދިން އަމިއްލަ އަށް ކުރިއަށް ދާނެ މަގެއް ނަގާތަން ބަލަން ލޯބި ކުރާ ކަމަށެވެ.

އޭނާގެ ކުރިއަށް އޮތް ފިލްމް "ދަ ވަން އެއްޑް އޮންލީ އީވާން" ގެ ޕްރެސް އިވެންޓެއްގައި ވާހަކަ ދައްކަމުން އޭނާ ބުވެފައިވަނީ "އަހަރެންނަކީ ވަރަށް ފޫހި މީހެއް. އަހަރެން ފޮރީން ޕޮލިސީ ކިޔަވަން ވަރަށް ގިން ވަގުތު ހޭދަކުރަން. އަހަރެންގެ ދަރިން ވަރަށް އުފެއްދުންތެރި."

އެންޖެލީނާ ޖޯލީ އަކީ 6 ކުދިންގެ މަންމަ އެވެ. އެއީ ފިރިހެން 2 ދަރިން ކަމުގައިވާ މެޑޮކްސް، ޕެކްސް އާއި ނޮކްސް އަދި އަންހެން ދަރިން ކަމުގައިވާ ޒަހާރާ، ޝިލޮހް އަދި ވިވިއެނޭ އެވެ.

"ދަ ވަން އެއްޑް އޮންލީ އީވާން" ގައި އެންޖެލީނާ ޖޯލީ އަޑު އަޅާފައިވަނީ ބޭކާރު ކޮށްލާފައިވާ "ރޫބީ" ނަމަކަށް ކިޔާ ކުޑަ އެލެފެންޓަކަށް އަޅާލާ އުމުރުން ދުވަސްވީ އެލެފެންޓެއް ކަމަށްވާ "ސްޓެއްލާ" ގެ އަޑެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ