އެންޖެލީނާ ޖޯލީ ވައްޓާލުމަށްފަހު، ހޮލީވުޑްގެ އެންމެ އަގުބޮޑު ބަތަލާއަކަށް ސޮފިއާ ވަރްގެރާ!

އެމެރިކާގެ މަޝްހޫރު ވިޔަފާރި މަޖައްލާ، ފޯބްސް އިން ނެރުނު ހޮލީވުޑްގެ އެންމެ އަގުބޮޑު ބަތަލާއިންގެ ލިސްޓުގެ އެއްވަނަ "ދަ މޮޑާން ފެމިލީ" ގެ އެކްޓްރެސް ސޮފިއާ ވަރްގެރާ ހޯދައިފިއެވެ. ސޮފިއާ މި މަޤާމް ހޯދައިފައި މިވަނީ ކުޅަދާނަ ބަތަލާ "އެންޖެލީނާ ޖޯލީ" ފަހަތަށް ޖައްސާލުމަށްފަހުއެވެ.

ފޯބްސް މެޖަޒިން އިން ކޮންމެ އަހަރަކު ނެރޭ ދުނިޔޭގެ އެންމެ އަގު ބޮޑު ތަރިންގެ ލިސްޓުގައި މިއަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ އަންހެން ތަރިންގެ ލިސްޓްގެ އެއްވަނައިގައި ސޮފިއާ ވަރްގެރާ އޮތްއިރު، ސޮފިއާ އެންމެ ކުރީގައި އޮތީ ވޭތުވެ ދިޔަ އަހަރުގެ ތެރޭގައި 43 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިގެންނެވެ.

ކާމިޔާބު ޓީވީ ޝޯ "ދަ މޮޑާން ފެމިލީ"އިން ސޮފިއާއަށް ބޮޑު އާމްދަނީއެއް ކާމިޔާބީ ހޯދާފައިވާއިރު، ސޮފިއާ ވަނީ އެމެރިކާގެ މަޝްހޫރު ރިއަލިޓީ ޝޯ "އެމެރިކަންސް ގޮޓް ޓެލެންޓް"ގެ ޖަޖުކަންވެސް ކޮށްފައެވެ. އެގޮތުން "ދަ މޮޑާން ފެމިލީ" އިން ކޮންމެ އެޕިސޯޑަކަށް 500،000 ޑޯލަރުގެ އާމްދަނީ ސޮފިއާއަށް ލިބޭކަމަށް މީޑީއާގައި ރިޕޯޓުކޮށްފައިވެއެވެ. އަދި މައުލޫމާތު ލިބިފައިވާގޮތުގައި، މި ޝޯގެ ކޮންމެ ސީޒަނަކަށް ދިހަ މިލިއަން ޑޮލަރުގެ އާމްދަނީއެއް ސޮފިއާއަށް ލިބެއެވެ.

ސޮފިއާގެ ފަހަތުން އެންމެ އަގުބޮޑު ބަތަލާއަކަށް ހޮވިފައިވާ ސްކާލެޓް ޖޯންސަންއަށް، މިދިޔަ އަހަރު ލިބިފައިވަނީ، 35.5 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. އެންޖެލީނާއަށް މި ލިސްޓުގެ ދެވަނަ ލިބިފައިވާއިރު، އޭނާ މާވެލްގެ އިން ގެނެސްދޭ "ދަ އިޓާނަލް" ގައި އޭނާ ކުޅޭ ރޯލަށް 200 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެއެވެ.

ޑީސީގެ ސުޕަހީރޯ ފިލްމް "ދަ ވަންޑަ ވޮމެން"ގެ ރޯލުން މަޝްހޫރުކަން ހޯދު އެކްޓްރެސް ގޭލް ގެޑޯޓް ވަނީ، 31.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިގެން މި ލިސްޓުގެ ތިންވަން ހޯދާފައެވެ.

މި ލިސްޓްގައި އެންމެ އަގުބޮޑު ފިރިހެން ތަރިންގެ ތެރެއިން އެންމެ ކުރީގާ އުޅެނީ 87.5 މިލިއަން ޑޮލަރުގެ އާމްދަނީއާއެކު މިދިޔަ އަހަރުވެސް މި ލިސްޓުގެ ކުރީގައި އޮތް ޑްވޭން (ދަ ރޮކް) ޖޯންސަންއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ބޭސްކުރަންވީ

    ހަމަކޮސްވެއްޖެ! 43މިލިއަން ލިބުނު މީހާ އެއްވަނަ. 200މިލިއަން ލިބުނު މީހާ ދެވަނަ. ކިހިނެތް ލިޔެފައޮތް ޙަބަރެއް؟!

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ