ކޮވިޑް-19 ގެ ވެކްސިން ހޯދުމަށް ބަނގުލަދޭޝް އިން ރަޝިއާ އާއި ވާހަކަ ދައްކަނީ

ކޮވިޑް-19 ގެ ވެކްސިން ހޯދުމަށް ބަނގުލަދޭޝް އިން ރަޝިއާ އާއި ވާހަކަ ދައްކައިފިއެވެ.

ބަނގުލަދޭޝްގެ ހެލްތް މިނިސްޓަރ ޒާހިދް މަލީކް ހޯމަ ދުވަހު ބުނެފައިވަނީ، ރަޝިއާ އިން މިދިޔަ މަހު އުފައްދާފައިވާ ކޮވިޑް-19 ގެ ވެކްސިން އެ ގައުމަށް ގެނައުމަށް ރަޝިއާ އާއި އެ ގައުމުގެ ސަރުކާރުން ސަރުކާރުން ވާހަކަ ދައްކަމުންދާ ކަމަށެވެ.

ރިޕޯޓަރުންނާއި ވާހަކަ ދައްކަވަމުން ޒާހިދް ވިދާޅުވީ، އެ ގައުމުގެ ސަރުކާރުން ވަނީ ވެކްސިން އިމްޕޯޓްކުރުމަށް ބޭނުންވާ ކަމަށް ބުނެ ރަޝިއާ އަށް ސިޓީ އެއް ފޮނުވާފައިވާ ކަމަށެވެ.

ޒާހިދު ބުނެފައިވަނީ ބަނގުލަދޭޝްގެ އިންޓަނޭޝަނަލް ސެންޓަރ ފޯ ޑައިރިއާ ޑިސީސް ރިސާޗް އަށް 7 ހޮސްޕިޓަލެއްގައި ޗައިނާގެ ސިނޮވެކް ބަޔޯޓެކް ލިމިޓެޑް އިން އުފައްދާފައިވާ ކޮވިޑް-19 ގެ ވެކްސިން ޓެސްޓް ކުރުމުގެ ހުއްދަ ސަރުކާރުން ދީފައިވާކަމަށެވެ.

ޒާހިދު އިތުރަށް ބުނެފައިވާ ގޮތުގައި އިންޑިއާގެ ސިރަމް އިންސްޓިއުޓުން އުފައްދަމުން ގެންދާ ކޮވިޑް-19 ގެ ވެކްސިން ވެސް ލިބޭނެ ގޮތަކާއި މެދު ސަރުކާރުން ވާހަކަ ދައްކަމުން ގެންދާ ކަމުގައެވެ.

އަދި ސައުތް ކޮރެއާއިން ބަނގްލަދޭޝް އަށް 8 ލައްކަ ކޮވިޑް-19 ޓެސްޓް ކިޓް ދޭން ހަމަޖެހިފައިވާ ކަމަށާއި އެހެންކަމުން އެ ގައުމުގައި 2 ޓެސްޓިން ލެބޯޓަރީ  ގާއިމުކުރާނެ ކަމުގައި ޒާހިދު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ