ކުޅުދުއްފުށި ސިޓީން ރެންޑަމް ސާމްޕަލް ނަގަން ފަށަނީ

ކުޅުދުއްފުށި ސިޓީއިން ރެންޑަމްކޮށް ސާމްޕަލްތައް މިއަދު ނަގަން ފަށަންއުޅޭކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ، މުޖުތަމައުގެ ތެރޭގައި ކޯވިޑް-19 ފެތުރި ބަލި ކޮންޓްރޯ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިއަދު 14:00 އިން ފެށިގެން 18:00 އާއި ދޭތެރޭ ެރަށުން ރެންޑަމް ސާމްޕަލް ނަގާނެކަމަށެވެ. އެހެންކަމުން އާއްމުފަރާތްތަކުން އެއްބާރުލުންދިނުމަށް ހޮސްޕިޓަލުން އެދިފައިވެއެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެއަށް ފޮނުވި ކުއްޖެއް ކޮވިޑް 19 އަށް ވަނީ ޕޮޒިޓިވްވެފައެވެ.

އެއާއެކު ރަށު މޮނީޓަރިންގެ ހާލަތައް ލީއިރު، ކުޅުދުއްފުށީ ކޭސް އާއި ގުޅިގެން މިހާތަނަށް ޓެސްޓްކުރި 24 މީހުން ނަތީޖާވެސް ނެގެޓިވް ކަމަށް ދައްކައިފައެވެ.

ކުޅުދުއްފުށީ ކޭސްއާ ގުޅިގެން ޑައިރެކްޓް ކޮންޓެކްޓްވެފައިވާ 60 މީހެއް މިހާތަނަށް ފާހަގަ ކުރެވިފައިވާއިރު، އޭގެ ތެރޭގައި ހޮސްޕިޓަލްގެ ތިން މުވައްޒަފަކުވެސް ހިމެނެ އެވެ. ކޮވިޑް ފޯކަލް އޮފިޝަލު ވިދާޅުވީ މިހުރިހާ އެންމެންވެސް ހުރީ ހޯމް ކަރަންޓީނުގައި ކަމަށެވެ.

ކުޅުދުއްފުށި ސިޓީ މިހާރު ވަނީ މޮނިޓަރިންގެ ހާލަތުން ނަގާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ