ސްމާޓް ފޯނެއް ގަތުމަށްޓަކައި ބައްޕައަކު 3 މަހުގެ އަންހެން ދަރިފުޅު ވިއްކާލައިފި!

އާންމު ގޮތެއްގައި އަޑު އިވެނީ މައިންބަފައިން ރެއާއި ދުވާލު ހޭބޯނާރާ ދަރިންގެ ހައްޤުތަށް ހޯދައި ދިނުމަށް މަސައްކަތް ކުރާ އަޑެވެ. އެހެން ނަމަވެސް މިފަހަރު މި އިވުނީ ތަފާތު ވާހަކައެކެވެ.

އިންޑިއާގައި ސްމާޓް ފޯނަކާއި ސައިކަލެއް ގަތުމަށްޓަކައި ބައްޕައަކު މިވަނީ އޭނާގެ 3 މަހުގެ އަންހެން ދަރިފުޅު ވިއްކާލާފައެވެ. މި ތުއްތު ކުއްޖާ ވިއްކާލާފައި ވަނީ ދަރިން ނުލިބޭ ދެމަފިރިއަކަށް އިންޑިއާގެ އެއް ލައްކަ ރުޕީސްއަށެވެ.

ރިޕޯޓް ތަށް ބުނާގޮތުން ދަރިފުޅު ވިއްކާލުމަށްފަހު ލިބުނު ރުފިޔާއިން މި ފިރެހެން މީހާ ވަނީ 15،000 ރުޕީސްއަށްލިބޭ ސްމާޓް ފޯނަކާއި 50،000 ރުޕީސްގެ އަގުބޮޑު  މޮޓޯސައިކަލެއް ގަނެފައެވެ.

މިއީ އިންޑިއާގައި ބައްޕައަކު އަންހެން ދަރިފުޅު ވިއްކާލި ފުރަތަމަ ފަހަރެއެއް ނޫނެވެ. މި އަހަރުގެ ޖުލައި މަހު ވެސް އިންޑިޢާގައި ވަނީ ހަމަ މިގޮތަށް ކުއްޖަކު ވިއްކާލާފައެވެ. އެ ފަހަރު އެ ކުއްޖާ ވިއްކަލައިފައި ވަނީ 45،000 އިންޑިއަން ރުޕީސްއަށެވެ. އެ ކުއްކާ ވިއްކާލާފައިވަނީ އަތްމަތި ތަދިވުމުގެ ސަބަބުން ކަމަށްވެސް ބުނެފައިވެއެވެ.

 

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ