ބޯކޮށް ވާރޭވެހި، 45 މޭލަށް ވައިގަދަވޭނެ ކަމަށް ބޮޑު ސަރަހައްދަކަށް އެލާޓް ނެރެފި

ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގައި މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި، 45 މޭލަށް ވައިގަދަވޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ވިދާޅުވީ، ގުގުރުމާއެކު ބޯކޮށް ވޭރޭވެހި، އާންމު ވައި ގަޑިއަކު19 މޭލާއި24 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިޔަކު45 މޭލަށް ވައިގަދަވޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ހަމައަށް މިރޭގެ 21:15 އިން ދަންވަރު 02:00 އާއި ހަމައަށް ވައިޓް އެލާޓް ނެރޭ ކަމަށެވެ.

ކުރިއަށްއޮތް 24 ގަޑިއިރުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށެވެ.

"ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވޭ" މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާ ކަމަށެވެ. އަދި ބޯކޮށް ވާރޭވެހި ވައި ގަދަވެ އަދި ކަނޑުތަށްވެސް ގަދަވާނެތީވެ ހުރިހައި ފަރާތްތަކުންވެސް މިކަމަށް ސަމާލުވުމަށްވެސް މެޓް އޮފީހުން އިލްތިމާސް ކުރައްވާފައިވެއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ