6 މީހުންނާއެކު ދަތުރުކުރި ޑިންގީއެއް ފަރަށް އަރައިފި

ހަ މީހުންނާއެކު ދަތުރުކުރި ޑިންގީއެއް ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފް އިން މީޑިއާއަށް މައުލޫމާތު ދެމުން ދެންމެ ބުނެފައިވަނީ، ވ. ކުނާވަށި ކައިރިން ހަ މީހުންނާއެކު ދަތުރުކުރި ޑިންގީއެއް ފަރަށް އަރައިގެން މާލޭ އޭރިއާ ކޯސްޓްގާޑް ސުކޮޑްރަން އިން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

މީގެއިތުރުން، އެމްއެންޑީއެފް އިން ބުނީ މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ މިރޭ 20:10 ގައި ކަމަށެވެ.

އެންމެފަހުގެ މައުލޫމާތުތައް ބުނާގޮތުން، ޑިންގީގައި ތިބި ހަ މީހުން މިހާރުވަނީ ފުލުހުންގެ ލޯންޗަކަށް ނަގައިފައެވެ. އަދި މިއެންމެންގެވެސް ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ.

މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ވިއްސާރަ ދުވަސް ވަރެކެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ