ފޮޓޯ: އެމްޓީސީސީ

މަރަދޫ-ފޭދޫ ނަރުދަމާގެ މަސައްކަތް ޖެނުއަރީ ގައި ނިންމާލެވޭނެ: އެމްޓީސީސީ

ސ. މަރަދޫ-ފޭދޫ ނަރުދަމާގެ މަސައްކަތް ޖެނުއަރީ ގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީއިން ވިދާޅުވީ،  ސ. މަރަދޫ-ފޭދޫ ނަރުދަމާ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ޖެޓިންގ މެޝިން ގެ ކްލިއަރެންސް ނިންމާ އައްޑޫ ސިޓީއަށް ގެންދިއުމަށް ވަނީ ތައްޔާރުވެފައި ކަމަށެވެ.

ސެޕްޓެމްބަރ މަހުގެ ދެވަނަ ހަފުތާގެ ތެރޭގައި މި މަޝްރޫޢުގެ ޕާޝަލް ކޮމިޝަން ކުރުމުގެ މަސައްކަތް ކުރުމަށް ތާވަލުކުރެވިފައިވޭ ކަމަށާއި މި މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައި ކަމަށް އެމްޓީސީސީ އިން ވިދާޅުވިއެވެ.

އެމްޓީސީސީ އިން އިތުރަށް ވިދާޅުވީ މިހާރު ކުރިއަށްދަނީ އައުޓްފޯލް ރެކްޓިފިކޭޝަން މަސައްކަތް ކަމަށާއި މި މަޝްރޫޢު ނިމޭނެކަމަށް ލަފާކުރެވެނީ ޖެނުއަރީ 2021 ގައި ކަމަށެވެ. އަދި މި މަޝްރޫޢުއަކީ 124.18 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ