ހދ. ހަނިމާދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ ބޮޑު ބައެއް ނިންމާލެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީ އިން ވިދާޅުވީ، ހަނިމާދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ %65 މަސައްކަތް ވަނީ ނިމިފައި ކަމަށާއި މި މަޝްރޫޢުގެ ދަށުން ފައިމަގުގައި ހިނގާނެ ސަރަޙައްދެއް ހެދުމުގެ %80 މަސައްކަތް މިހާރުވަނީ ނިމިފައި ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކަމުގައި ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ތެރެއިން ފައިމަގުގައި ހިނގޭ ގޮތަށް 16،518 ސްކެއާ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 38،916 ސްކެއާ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، 19,679.7 ސްކެއާ މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ވިދާޅުވިއެވެ.
ހދ. ހަނިމާދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ %65 މަސައްކަތް ވަނީ ނިމިފައި. މި މަޝްރޫޢުގެ ދަށުން ފައިމަގުގައި ހިނގާނެ ސަރަޙައްދެއް ހެދުމުގެ %80 މަސައްކަތް މިހާރުވަނީ ނިމިފައި. އަދި ކުރިއަށްދަނީ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް. pic.twitter.com/D0jlr36EzC
— MTCC Plc (@MTCCPlc) September 3, 2020
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ހަނިމާދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫޢަކީ 46.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 15 ޖޫން 2019 ގައެވެ.



