ފޮޓޯ: ރަޒާން

ފޮނަދޫން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ލ.ފޮނަދޫން މީހަކު ކޮވިޑަށް-19 ޕޮޒިޓިވް ވެއްޖެއެވެ.

ފޮނަދޫ ކައުންސިލްގެ ރައީސް އަޙްމަދު ރިޔާޟް މިނޫހަށް ވިދާޅުވީ، އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި  ބިދޭސީއެއްކަމަށެވެ. ރިޔާޟް ވިދާޅުވި ގޮތުގައި އެމީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކޮށް ހެދި ޓެސްޓުންނެވެ.

އިއްޔެ ހެދި ޓެސްޓްގެ ނަތީޖާ ލިބުނީ މިއަދު އިރުއޮއްސޭހާއިރު ކަމަށާއި، އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް މިހާރު އަޅަމުން ގެންދާ ކަމަށްވެސް ރިޔާޟް ވިދާޅުވިއެވެ.

އަދި މިއީ އެރަށުން ފެނުނު ކޮވިޑްގެ ފުރަތަމަ ކޭސްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި އެކި ރަށްރަށުންވެސް މިހާރު ކޮވިޑް-19 ފެނިފައިވާއިރު، ގިނަ ރަށްރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ހޯމްކަރަންޓީނަށް ރަށްރަށަށް ގޮސްތިބި މީހުންނެވެ.

ރާއްޖޭގައި ކޮވިޑް-19 އަންނަނީ ވަރަށް ހަލުވި ކަމާއެކު ފެތުރެމުންނެވެ. އެގޮތުން މިހާތަނަށް 8،000 އަށް ވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި 29 މީހަކު ވަނީ މި ބަލީގައި މިހާތަނަށް ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ