މޫސުން އިތުރަށް ގޯސްވެ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ތިން އަތޮޅަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ނެރެފައިވާ އެލާޓްގައި ވިއްސާރު ކުރާނެ ކަމަށް ލަފާކޮށްފައި ވަނީ ފ. އަތޮޅުން ތ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވަނީ މިރޭ 22:30އިން 1:30އާ ދެމެދުގެ ވަގުތުތަކެއް ގައެވެ.
ALERT Yellow. Advisory: pic.twitter.com/Qav8CkJBVi
— Maldives Meteorology (@MetMaldives) May 24, 2019
ރާއްޖެ ގިނަ ސަރަހައްދުތަކަކަށް ވައިޓް އެލާޓްވެސް ނެރެފައިވާ އިރު، އަންނަ ކޮޅިގަނޑުގައި ކަނޑު ގަދަވާނެ ކަމަށް މެޓްއޮފީހުންވަނީ ލަފާކޮށްފައެވެ. އެހެންކަމުން ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށްވެސް މެޓް އޮފީހުން އިލްތިމާސް ކޮށްފައިވެއެވެ.