އިންޑިއާގައި އެއް ދުވަސް ތެރޭ 84,156 މީހުންނަށް ކޮވިޑް-19 ޖެހިއްޖެ

އިންޑިއާގައި އެއް ދުވަސް ތެރޭ 84,156 މީހުންނަށް ކޮވިޑް-19 ބަލި ޖެހިއްޖެއެވެ.

ކޮވިޑް-19ގެ ތަފާސް ހިސާބުތައް ގެނެސްދޭ ވޯލްޑްމީޓަރ ވެބްސައިޓުގައި ބުނެފައިވަނީ، މިއަދު އެކަނިވެސް އިންޑިއާއިން 84،156 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެ މިބަލީގައި މިއަދު 1،083 މީހުން މަރުވެފައިވާ ކަމަށެވެ.

މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް އިންޑިއާއަކީ ކޮވިޑް-19 މިވަގުތު އެންމެ ހަލުވި ކަމާއެކު ފެތުރެމުން އަންނަ އެއް ގައުމެވެ. ޖުމްލަ ޕޮޒިޓިވުވީ މީހުންގެ އަދަދަށް ބަލާއިރު އިންޑިއާ އޮތީ ލިސްޓުގެ ތިންވަނައިގައި އެމެރިކާ އަދި ބުރެޒިލްގެ ފަހަތުންނެވެ.

މުޅި ޖުމްލަ މިހާތަނަށް އިންޑިއާއިން މިބައްޔަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 3,933,124 އެވެ. މީގެތެރެއިން 3,032,916 މީހުން މިބަލިން ރަނގަޅުވެފައިވާއިރު އެކްޓިވް ކޭސަސްގެ އަދަދަކީ 831,639 އެވެ. މީގެއިތުރުން މިހާތަނަށް އިންޑިއާއިން މިބަލީގައި މަރުވި މީހުންގެ އަދަދަކީ 68,569 އެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ބަލިމީހަކު ފެނިފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ