ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު، 71 ގެ މައްޗަށް ކުރެވޭ ކަށުނަމާދު މިއަދު މެންދުރުފަހު 18:45 ގައި މަސްޖިދު ތަޢާވުން (އާސަހަރާ) މިސްކިތުގައި އޮންނާނެއެވެ.
ހުސައިން މުހައްމަދުގެ އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ ނިޔާވެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ދަންވަރު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެއްވަމުން ދަނިކޮށްށެވެ.
ހުސައިން މުހައްމަދު ވަނީ ސިޔާސީ ދައިރާގަޔާއި ނޫސްވެރިކަން ކުރިއެރުވުމުގައި މަސައްކަތް ތަކެއް ކުރައްވާފައެވެ. އެގޮތުން އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރަގެ މެންބަރުކަން ކުރައްވާފައެވެ.