ފޮޓޯ: މަޖިލިސް

ހުސައިން މުހައްމަދަށް، ޤާސިމް ތަޢުޒިޔާ ވިދާޅުވެއްޖެ

ޖުމްހޫރީ ޕާޓީ ކައުންސިލްގެ ޢިއްޒަތްތެރި މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު ނިޔާވުމާއި ގުޅިގެން، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތައް ފާހަގަކޮށް ފޮނުވި ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވީ، އެމަނިކުފާނަކީ ޖުމްހޫރީ ޕާޓީއަށް ވަރަށް އިޚްލާޞްތެރި އެހާމެ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވުމުގައި ދެމިހުންނެވި ބޭފުޅެއްކަމަށެވެ.

ޤާސިުމުގެ މެސެޖުގައި ވިދާޅުވީ، ހުސައިން މުހައްމަދަކީ،  ކައުންސިލްގައި ކުރެވޭ މުހިންމު ބަހުސްތަކުގައި ހަމަ ހިފަހައްޓަވާދެއްވާ ވަރަށް ނާޒުކު ދަނޑިވަޅުތަކުގައި ޚިޔާލްތަފާތުވުންތައް ހަމައަކަށް އަޅުއްވައިދެއްވާ ހުރިހާ ބޭފުޅުންނާވެސް ގުޅޭ ވަރަށް ސާބިތު އިތުބާރު ހިފޭ ބޭފުޅެއްކަމަށެވެ. އަދި އެއީ ވަރަށް ޒިންމާދާރު އެހާމެ ކުޅަދާނަ ޕާލަމެންޓޭރިއެއްކަމަށާއި ރާއްޖޭގެ މީޑިއާގެ ދާއިރާގައި ވަރަށް ފުންނާބުއުސް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ނޫސްވެރިކަމުގެ ދާއިރާގައި ޚާއްޞަކޮށް ދުނިޔޭގެ ޚަބަރުތައް ދިރާސާކުރެއްވުމުގައި ކުޅަދާނަ އެހާމެ ތަޖުރިބާކާ ބޭފުޅެެއްކަމަށެވެ.

އެގޮތުން އެމަނިކުފާނުގެ ވަކިވެ ވަޑައިގަތުމަކީ ޖޭޕީގެ ކައުންސިލަށް ލިބުނު ފޫނުބެއްދޭވަރުގެ ފަޅުކަމެކަމެއްކަމަށާއި އަދި ރާއްޖޭގެ ނޫސްވެރިންގެ
ޢާއިލާއަށްވެސް ލިބުނު ވަރަށް ބޮޑު ހިތާމައެއްކަމަށް ޤާސިމް ވިދާޅުވިއެވެ.

ހުސައިން މުހައްމަދުގެ އާއިލާއިން “ރާއްޖެއެމްވީ” އަށް މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ ނިޔާވެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ދަންވަރު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެއްވަމުން ދަނިކޮށްށެވެ.

ހުސައިން މުހައްމަދު ވަނީ ސިޔާސީ ދައިރާގަޔާއި ނޫސްވެރިކަން ކުރިއެރުވުމުގައި މަސައްކަތް ތަކެއް ކުރައްވާފައެވެ. އެގޮތުން އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރަގެ މެންބަރުކަން ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ