ހުސައިން މުހައްމަދުގެ ތައުޒިޔާ ދަފުތަރުގައި އަދުރޭ ސޮއި ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ދިގު މުއްދަތެއްވަން ދެން ކުރައްވާފައިވާ އަދި ރާއްޖޭގެ މީޑިއާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އަލްމަރުހޫމް ހުސައިން މުހައްމަދުގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި،  ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެހުރި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ(އަދުރޭ) ސޮއިކުރައްވައިފިއެވެ.

ހުސައިން މުހައްމަދުގެ ހަނދާނުގައި ރައްޔިތުން މަޖިލީހުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ ސޮއިކުރައްވައިފިއެވެ. އަދި ހުސައިން މުހައްމަދުގެ ހަނދާނުގައި ޕީއެސްއެމް ގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވެސް ވަނީ  ސޮއިކުރައްވާފައެވެ.

ހުސައިން މުހައްމަދު އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ހުސައިން މުހައްމަދު ވަނީ ސިޔާސީ ދައިރާގަޔާއި ނޫސްވެރިކަން ކުރިއެރުވުމުގައި މަސައްކަތް ތަކެއް ކުރައްވާފައެވެ. އެގޮތުން އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރަގެ މެންބަރުކަން ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ