އާދައިގެ 5 ރިސޯޓުން މާލީ ނިޒާމަށް ނުވެއްދެނެހާ ގިނަ ބޭރު ފައިސާ ފާއިތުވި މަހު އެކަނިވެސް އެންމެ ކަންނެލި ފެކްޓްރީއަކުން ވައްދާފައި ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާޙިމް ރަޝީދު ވިދާޅުވެއްޖެއެވެ.
މެންބަރު އިބްރާޙިމް ރަޝީދު ވިދާޅުވެފައި ވަނީ ގައުމަށް ބޭނުންވާ ޑޮލަރު ހޯދުމަށްޓަކައި އިންޓަނޭސަނަލް އެއަރޕޯޓު އޮންނަ 5 ސަރަހައްދުގައި ހެޔޮވަރުގެ ބޮޑުކަންނެލި ޕްރޮސެސިން ޕްލާންޓްތަކެއް ގާއިމް ކުރަން މަސްވެރިން ތިބީ ތައްޔާރަށް ކަމަށާއި، މި މަސައްކަތް ކުރުމަށް ވަގުތެއްވެސް އަދި ބޮޑު ޚަރަދެއްވެސް ނުދާނެކަމަށެވެ.
"ވަގުތެއްވެސް ބޮޑު ހަރަދެއްވެސް ނުދާނެ! އުތުރާ ދެކުނުގެ މަސްވެރިން ތިބީ ތައްޔާރަށް" އިބްރާޙިމް ރަޝީދު ވިދާޅުވެފައިވެއެވެ.
އިބްރާޙިމް ރަޝީދު ވިދާޅުވެފައި ވަނީ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވީމަހު އެކަނިވެސް އާދައިގެ 5 ރިސޯޓުން މާލީ ނިޒާމަށް ނުވެއްދޭނެހާ ގިނަ ބޭރުފައިސާ އެންމެ ކަންނެލި ފެކްޓަރީއަކުން ވަނީ ވަައްދާފައިކަމަށާއި، ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަން ފިލުވާލެވޭނީ ބޮޑުކަންނެލީގެ ސިނާއަތް ކުރިއަރުވައިގެންކަމަށެވެ.
"ފާއިތުވީމަހު އެކަނިވެސް އާދައިގެ 5 ރިސޯޓުން މާލީ ނިޒާމަށް ނުވެއްދޭނެހާ ގިނަ ބޭރުފައިސާ 3.5 މިލިއަން ޑޮލަރު އެންމެ ކަންނެލި ފެކްޓަރީއަކުން ވަނީ ވަައްދާފައި." އިބްރާޙިމް ރަޝީދު ވިދަޅުވެފައިވެއެވެ.
އިބްރާޙިމް ރަޝީދު އިތުރަށް ވިދާޅުވެފައި ވަނީ މިދިޔަ އަހަރު މަޖިލީހުން ވަނީ ލޯކަލް ކައުންސިލްތަކާއި އަމިއްލަ ފަރާތްތައް ގުޅިގެން ގޭދޮށު މަސް ފެކްޓަރީ ގާއިމް ކުރުމަށް މަގުފަހި ކުރަން ޖެހޭ ގޮތަށް މަސްވެރިކަމުގެ ބިލެއް ފާސްކޮށްފައިކަމަށާއި އަދި މިކަމާ ގުޅިގެން ކުރަންޖެހޭ އަމަލީ މަސަތްކަތައް ބާރަށް ކުރިޔަށްދާކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތަށް ކޮށްފައިވާ އަސަރާ ގުޅިގެން ރާއްޖެއަށް ބޭރު ފައިސާ ލިބުމުގެ ދަތިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އަދި ރާއްޖޭގެ އިޤްޠިޞާދަށް މިކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާއިރު، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުންވެސް ވަނީ އެ ސިނާއަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ހާމަ ކުރައްވާފައެވެ.
އެގޮތުން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން އިއްޔެ އާންމު ކޮށްފައިވާ ވީޑިއޯއެއްގައި، އެ ސިނާއަތިގައި މަސައްކަތް ކުރާ ފަރާތަކުން ވަނީ މިކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
މި ވީޑިއޯގައި ފ. މަގޫދޫ އަމީރާ ދޯނީގައި މަސައްކަތް ކުރާ ޝިފާއު ބުނެފައިވަނީ އޭނާ މިހާރު އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ ބޮޑު ކަންނެލީގެ މަސްވެރިކަން ކަމަށާއި، އެމަސައްކަތުން އެކަށީގެންވާ އާމްދަނީއެއް ނުލިބޭތާ އެތައްދުވަހެއް ވެޖެކަމަށެވެ.
"އަޅުގަނޑުމެން މިކުރާ މަސައްކަތާބަލާފަ ހަމައެއްވެސް އެއްޗެއް ނުލިބެޔޭ ބުންޏަށް ދޮގަކަށް ނުވާނެ" ޝިފާޢު ބުނެފައިވެއެވެ.
ޝިފާޢު އިތުރަށް ބުނެފައިވަނީ މިކަމަށް ރަނގަޅު ހައްލެއް ނުލިބެއްޖެނަމަ، ބޮޑު ކަންނެލީގެ މަސްވެރިކަން އުވި ގިނަބަޔަކު ނިކަމެތިވެ ބިކަހާލުގައި ޖެހިދާނެކަމުގެ ކަމުގެ ބިރު ވަރަށްވެސް ބޮޑު ކަމަށެވެ.
ބޮޑުކަންނެލި މަސްވެރިކަމަކީ ބުރަބޮޑު މަސައްކަތެއްކަމަށާއި، މިސިނާއަތަކީ އިންސާފުން މަސްވެރިންނަށް އެކަށީގެންވާ އުޖޫރައެއް ލިބޭނެ ސިނާއަތަކަށް ހަދަންޖެހޭކަމުގައި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިން ވަނީ ވިދާޅުވެފައެވެ.
ހިޔާލު
mee moyaehkanneyge.