ބޮޑު ކަންނެލީގެ އަގު 45 ރުފިޔާ އަށް ދަށްކޮށްފި އެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން މިއަދު ވަނީ މަސް ގަންނަ ފެކްޓްރީތަކުން ބޮޑު ކަންނެލި ގަންނަ އަގުތައް ކަމަށްބުނެ މަސް ގަންނަ އަގުތަކުގެ މަޢުލޫމާތު އާންމުކޮށްފައެވެ. އެގޮތުން ބިގް ފިސް ކުންފުނިން މިއަދު 30 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް 45 ރުފިޔާ އަށް ގަންނައިރު އެކުންފުނިން 30 ކިލޯ އާއި 18 ކިލޯއާއި ދެމެދުގެ ކަންނެލި ކިލޯއެއް 40 ރުފިޔާ ގަންނަ ކަމަށް ވަނީ ބުނެފައެވެ.
އެންސިސް އިން އަދި ސީއެމްއެފް އިން ވެސް 30 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް 45 ރުފިޔާ އަށް ގަންނައިރު އެ ދެ ކުންފުނިންވެސް 30 ކިލޯ އާއި 18 ކިލޯއާއި ދެމެދުގެ ކަންނެލި ކިލޯއެއް 40 ރުފިޔާ ގަންނަ ކަމަށް ވަނީ ބުނެފައެވެ.
27-10-2020 ބޮޑުކަންނެލީގެ އަގު pic.twitter.com/dN9ITPzRWo
— Bodu Kanneli Masveringe union (@FishermensUnion) October 27, 2020
މިއީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ކަންނެލީގެ އަގު ދަށްކުރި ތިންވަނަ ފަހަރެވެ.
ބޮޑުކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައެޅުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން މިހާރު އަންނަނީ ކުރަމުންނެވެ.