ދޮށީގެ މަސްވެރިކަމުގައި ބާނާ ކަޅުބިލަމަހާއި ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކަނޑައަޅައިފިއެވެ.
ފިޝަރީޒްއިން މިއަދު ނެރެފައިވާ އިޢުލާނެއްގަ ބުނެފައިވަނީ 1.3 ކިލޯ އަދި އެއަށްވުރެ ބަރު ކަލުބިލަމަހާއި ރީނދޫ އުރަހަ ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 13 ރުފިޔާ ކަމަށާއި 1.5 ކިލޯ އިން ދަށުގެ ކަޅުބިލަމަހާއި ރީނދޫއުރަހަ ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 5.15 ރުފިޔާ ކަމަށެވެ.
މީގެއިތުރުން މިއިޢުލާނުގައި ފިޝަރީޒް މިނިސްޓްރީއިން ބުނީ، ކަޅުބިލަމަހުގެ ސިނާޢަތު ތަރައްޤީކޮށް ކުރިއެރުވުމުގެ ގޮތުން މަސްވެރިންގެ އަތުން މަސް ގަނެ، ޕްރޮސެސްކޮށް އެކްސްޕޯޓްކުރުމަށް މިނިސްޓްރީ އާއިއެކު ސޮއިކޮށްފައިވާ ކުންފުނިތަކުން އަދި އެމަސްވެރިކަމުގައި ބާން މަސް ގަތުމުގެ ހުއްދަ ދީފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން 24 ސެޕްޓެމްބަރު 2020 ފެށިގެން ފްލޯ ޕްރައިޒް ސިޔާސަތާއި އެއްގޮތްވާ ގޮތުގެ މަތިން މަސް ގަތުމުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ދަންނަވާކަމަށެވެ.
އަދި މިސިޔާސަތަކީ ފުޅާ ދާއިރާއެއްގައި އެކްސްޕޯޓްކުރުމަށް މަސް ގަންނަ ފަރާތްތަކަށް ހިންގާ ސިޔާސަތަކަށްވާތީވެ، މަސް ކައްކާ ހިއްކާ ފަރާތްތަކުން އަދި މިނޫންވެސް ކަޅުބިލުމަހުގެ ދޮށީގެ މަސްވެރިކަމުގައި ބާން މަސް ގަންނަ އެހެނިހެން ފަރާތްތަކުން ފްލޯ ޕްރައިޒް ސިޔާސަތަށް އަމަލުކުރަން ނުޖެހޭނެކަމަށްވެސް މިއިޢުލާނުގައި ވެއެވެ.
މަސްވެރިންގެ އަދި މަސް ގަންނަ ފަރާތްތަކުގެ އާމްދަނީ އާއި ޚަރަދުގެ މައްޗަށް ރިޢާޔަތްކޮށް ކަނޑައަޅާ ފްލޯ ޕްރައިޒް އެންމެ ފަހުން މުރާޖަޢާ ކޮށްވިފައިވަނީ 13 މެއި 2010 ގައެވެ.
މީގެއިތުރުން ހަތް އަހަރު ވަންދެން ވަކި އަގެއް ކަނޑައަޅައިގެން މަސްވެރިން އަތުން މަސް ގަތުމަށްފަހު ސަރުކާރުގެ މަސްކުންފުނި މިފްކޯ އިން މިއަދު ވަނީ މަސްވެރިންގެ އަތުން މަސް ގަންނަމުން ދިޔަ އަގުގެ ކޮންޓްރޯލް ދޫކޮށްލަން ނިންމާފައެވެ.
މިފްކޯއިން މަސް ގަންނަ އަގުގެ ކޮންޓްރޯލް ދޫކޮށްލަން ނިންމައިފި
ހިޔާލު
ދެން ހަދާނެ ގޮތަކީ މަސްވެރިން ގޯސްކޮށް މަސް ކުނިވެފައިވާކަމަށް ބުނެ މަސްނުކިރުވާ ފޮނުވާލުން