މިރޭ ދަންވަރު އިންޓަރނެޓް ބޭންކިންގެ ހިދުމަތް ބޭނުން ކުރުމުގައި ދަތިތަކާއި ކުރިމަތިވެދާނެ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަރނެޓް ބޭންކިންގެ ހިދުމަތް ބޭނުން ކުރުމުގައި މިރޭ 1:00 އާއި 4:00 އާ ދެމެދު ދަތިތަކެއް ކުރިމަތިވެދާނެކަމަށް އެބޭންކުން ބުނެފިއެވެ.

ބީއެމްއެލްގެ ރަސްމީ ޓުވިޓަރ އެކައުންޓުގައި ދެންމެކުރި ޓުވީޓެއްގައި ބުނެފައިވަނީ އެބޭންކުން މިރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މެއިންޓެނެންސް މަސައްކަތެއްގެ ސަބަބުން ބޭންކުން ދެމުންގެންދާ، އިންޓަރނެޓް ބޭންކިންގެ ހިދުމަތަށާއި، އޭޓީއެމްގެ ހިދުމަތަށާއި، ޕީއޯއެސް މެޝިންގެ ހިދުމަތަށާއި، ޕޭމަންޓް ގޭޓްވޭގެ ހިދުމަތަށާއި، އަދި ޔޫއެސްޑީ ޕޯޓަލްގެ ހިދުމަތަށް ބުރޫއެރުން އެކަށީގެންވާ ކަމަށެވެ.

ބީއެމްއެލް އިން އިތުރަށް ބުނެފައިވަނީ ކުރަން ހަމަޖެހިފައިވާ މެއިންޓެނަންސް މަސައްކަތަކީ ދުރާލާ ރާވައިގެން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތެއް ކަމަށާއި އަދި މި މަސައްކަތް ކުރާނެ ވަގުތު ކަނޑައަޅައިފައިވަނީ ވީހާވެސް ބޮޑަށް އެ ބޭންކުގެ ކަސްޓަމަރުންނަށް ދަތިނުވާނެ ވަގުތެއް ބަލައިގެން ކަމަށެވެ.

ބީއެމްއެލް އިން އަންނަނީ ދޭތެރެ ދޭތެރެއިން އެ ބޭންކުގެ މެއިންޓެނަންސް މަސައްކަތްތައް ކުރުމަށްޓަކައި ބައެއް ހިދުމަތްތައް ވަގުތީގޮތުން މެދު ކަނޑާލަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ