ޏ. ފުވައްމުލައް - ފޮޓޯ: ދި އެޑިޝަން

ފުވައްމުލަކުގައި ހިނގި މާރާމާރީއަކާއި ގުޅިގެން ދެމީހަކު ހައްޔަރުކޮށްފި

ފުވައްމުލަކު ސިޓީގައި ހިނގި މާރާމާރީއަކާއި ގުޅިގެން ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މީޑިއާއަށް މައުލޫމާތު ދެމުން ފުލުހުން ވިދާޅުވެފައިވަނީ، މިދިޔަމަހުގެ 28 ވަނަ ދުވަހު ފުވައްމުލަކުގައި ހިނގި މާރާމާރީއަކާއި ގުޅިގެން މިއަދު ދިވެހި ދެ ޒުވާނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކުރި ދެމީހުންގެ އުމުރަކީ 22 އަހަރާއި 25 އަހަރެވެ.

"މިމައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީއޮފް ހޯމްއެފެއާރޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިޔަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތު ދީފައިވޭ" ފުލުހުން މީޑިއާއަށް ހާމަކުރި މައުލޫމާތުގައި ބުނެފައި ވެއެވެ.

މި މާރާމާރީގެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ