2015 ވަނަ އަހަރު އިއުލާންކޮށް، އަޅަންފެށި ނޮޅިވަރަމު ފުޓުސަލް ދަނޑުގެ މަސައްކަތް ނިމި މި އޮކްޓޯބަރ މަހު 10 ވަނަ ދުވަހު ވަނީ ފުރަތަމަ މުބާރާތް ފަށާފައެވެ. ކައުންސިލް ފުޓުސަލް ޗެލެންޖުގެ ނަމުގައި ބޭއްވި މުބާރާތުގައި 18 ޓީމު ބައިވެރިވިއެވެ.
އެ މުބާރާތަށް ފަހު، 14 އަހަރުން ދަށަށް އަމާޒުކޮށްގެން ފުޓުސަލް މުބާރާތެއް ބޭއްވިއެވެ. އެ މުބާރާތް ނިމުނީ އިއްޔެއެެވެ. 8-3 ގެ ނަތީޖާއަކުން މުބާރާތް ކާމިޔާބު ކުރީ، ވިކްޓިމް ބޯއީސް އެވެ. ރަނަރއަޕް ޓީމަކީ ޗަކުލީއެވެ. އަންޑަރ-14 ފުޓުސަލް ޗެލެންޖަކީ، ޒުވާނުންގެ ތެރެއިން އާދަމް އަޒުމީލު އަދި، ހުސައިން މުހައްމަދު (ޑީޖޭ) އިސްވެ އިންތިޒާމު ކުރި މުބާރާތެކެވެ. 8 ޓީމު ބައިވެރިވި މި މުބާރާތަށް ބޮޑު ތަރުހީބެއް ލިބުނެވެ. އަދި އަންނަ އަހަރުވެސް މި މުބާރާތް އޮންނާނެ ކަމަށް އަޒުމީލު މައުލޫމާތު ދިނެވެ.

ކުރިއަށް ދެންއޮތީ، "ބަހަޔޯ ވެޓްރެންސް ކަޕް" އެވެ. މިއީ 40 އަހަރުން މައްޗަށް ހާއްސަކުރެވޭ މުބާރާތެެކެވެ. ސެޕްޓެމްބަރ މަހުގެ 7 ގައި މުބާރާތް ފަށަށް ތައްޔާރުވަމުންދާއިރު، މި މުބާރާތުގައި 8 ޓީމުން ވާދަކުރާނެއެވެ. މި މުބާރާތް އިންތިޒާމު ކުރަނީ "ބަހަޔޯ" ގެ ނަމުގައި ހަރަކާތްތެރިވާ ޒުވާނުންގެ ޓީމަކުންނެވެ. ބަހަޔޯ އަކީ (ރާޅާ އަޅާ ކަހަލަ) ބޮޑެތި ރާޅަށް ނިސްބަތްކޮށް ނޮޅިވަރަމުގައި ބޭނުންކުރާ ބަހެކެވެ. ބަހަޔޯ ޓީމުން ވަނީ މިއަހަރު މިހާ ތަނަަށް، މުޅިރަަށަށް ހުޅުވާލައިގެން ފުޓުސަލް މުބާރާތަކާއި، ހޭންޑްބޯލް މުބާރާތެއް ކުރިއަށް ގެންގޮސްފައެވެ.
ފުޓުސަލް ދަނޑަކީ، ނޮޅިވަރަމުގެ ރައްޔިތުންގެ ވަރަށް އިންތިޒާރުކުރަން ޖެހުނު ތަނެކެވެ.



